ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުން

އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.  މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

 

ބޭނުންވާ ޢަދަދު: 02

ޝަރުޠު

-         މަދުވެގެން A0, A1 ގިންތީގެ ލައިސަންސް ނުވަތަ ހެވީ ވެހިކަލް އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައި އޮތުން.

-         ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-         ދޫކުރި ތާރީޚުން ފެށިގެން  މަދުވެގެން 10 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-         ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން.

-         ޅ. އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-         ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން

 

އުޖޫރަ

ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ.

އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

 

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-    އެގްޒަމިނަރ އަކަށް ވުމަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

2-    އެގްޒަމިނަރ އަކަށް ވުމަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

3-    ޕޮލިސް ރިޕޯޓު

4-    ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ

 

އިތުރު މަޢުލޫމާތު:

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވަ ބޭފުޅުން 31 މެއި 2022 ވަނަ ދުވަހުގެ 14.00 ގެ ކުރިން  މިއިދާރާގެ ކައުންޓަރަށް ނުވަތަ  [email protected]   އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

10 މޭ 2022
ހޯދާ