ދިވެހިރާއްޖެ
އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.
ބޭނުންވާ ޢަދަދު: 02 ޝަރުޠު - މަދުވެގެން A0, A1 ގިންތީގެ ލައިސަންސް ނުވަތަ ހެވީ ވެހިކަލް އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައި އޮތުން. - ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން. - ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 10 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން. - ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން. - ޅ. އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން. - ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން
އުޖޫރަ ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ. އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.
އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް 1- އެގްޒަމިނަރ އަކަށް ވުމަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 2- އެގްޒަމިނަރ އަކަށް ވުމަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ 3- ޕޮލިސް ރިޕޯޓު 4- ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު: |
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވަ ބޭފުޅުން 31 މެއި 2022 ވަނަ ދުވަހުގެ 14.00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. |