މަޤާމުގެ ނަން: އެސިސްޓެންޓް ކެރިއަރ ގައިޑެންސް އޮފިސަރ
|
މުސާރަ: 4465.00 ރުފިޔާ
|
ސާރވިސް އެލަވަންސް: 1500.00 ރުފިޔާ
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ
|
ޝަރުޠު:
1- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- އަތޮޅުތެރެއާއި މާލޭގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވުން.
- ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ހިންގާ ވޯކްޝޮޕްތައް ހިންގުމުގައި ބައިވެރިވުން.
- ޒުވާނުންނަށް ވަޒީފާގެ މާޙައުލަށް އަޙުލުވެރި ކުރުމަށް ކުންފުނިތަކާއި ގުޅިގެން ހިންގާ ސެޝަންތައް ރާވައި ހިންގުން.
- އަތޮޅުތެރޭގެ ޕްރޮގްރާމްތަކުގެ ޝެޑިއުލާ އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް ޕްރޮގްރާމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން.
- ހިންގޭ ޕްރޮގްރާމްތަކުގެ ސްޓެޓިސްޓިކްސް ބަލަހައްޓައި ރިޕޯރޓް ތައްޔާރުކުރުން.
- ސެންޓަރުން ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރުން.
- ޔުނިޓުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުން.
|
މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މުސާރަ: 5020.00 ރުފިޔާ
|
ސާރވިސް އެލަވަންސް: 1500.00 ރުފިޔާ
|
ރޭންކް: ޖީ.އެސް 4
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
|
ބޭނުންވާ އަދަދު: 1
|
މަސައްކަތް ކުރަންޖެހޭ ތަން: ހިއުމަންރިސޯސް ސެކްޝަން / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
|
ޝަރުޠު:
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ކޮންމެދުވަހަކު ހެނދުނު 8.00 އިން 9.00 އަށް މުވައްޒަފުންގެ ސަލާމާއި ޢާއިލީ ޒިންމާ ބަލައިގަތުން
- ކޮންމެދުވަހެއްގެ 9.00 ގައި ސަލާމް ބަލައިގަނެ ނިންމާލުމަށްފަހު ސަލާމް ފޮތުގައި ސެކްޝަން ވެރިޔާލައްވާ ސޮއިކުރުވުން.
- ސަލާމްބުނާމުވައްޒަފުން ސަލާމްފޯމް ހުށަހަޅާތޯބެލުމާއި އެޗް.އާރުސޮފްޓްވެއަރއަށް ސަލާމްގައި ތިބިމުވައްޒަފުންގެ ރެކޯޑްސްތައް އެޅުން.
- މުވައްޒަފުންގެ ބްރޭކްގަޑީގެ ޝީޓް ކޮންމެ ދުވަހަކު ތައްޔާރުކޮށް ބަލަަހައްޓަމުން ގެންދިއުން.
- ކޮންމެ ދުވަހެއްގެ އެންޓްރީ ނެގުމާއި، އެންޓްރީ ކުރުމާއި، އީގަވް މެދުވެރިކޮށް ސެކްޝަނަށް އަންނަ ސިޓީތައް ސެކްޝަންގެ ވެރިޔާގެ ލަފާގެމަތީން ރޫޓް ކުރަންޖެހޭ ފަރާތްތަކަށް އެންޓްރީ ރޫޓްކުރުން.
- ގަޑިޖެހޭ މުވައްޒަފުންނާއި ނާންނަ މުވައްޒަފުންނާއި ޤަވާޢިދާ ޚިލާފަށް ސަލާމް ބުނާކަމަށް ފާހަގަ ކުރެވޭ މުވައްޒަފުންނާއި އަމިއްލަ ކަންކަމުގައި ބޭރަށްގޮސް ގިނަ ވަގުތު ހޭދަކުރާ މުވައްޒަފުން ފާހަގަކޮށް ވެރިޔާއަށް އެންގުން.
|
ނޯޓް:
- އެސިސްޓެންޓް ކެރިއަރ ގައިޑެންސް އޮފިސަރގެ މަގާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި ވަޒީފާއާއިބެހޭ ބައިގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
- މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސުންގަޑި: 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
|
ވެބް ސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް
|
|
|
|
|