ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2014/246
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 21 ސެޕްޓެންބަރު 2014 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ކެރިއަރ ގައިޑެންސް އޮފިސަރ

މުސާރަ:  4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ 

ޝަރުޠު:

1-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. އަތޮޅުތެރެއާއި މާލޭގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވުން.
  2. ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ހިންގާ ވޯކްޝޮޕްތައް ހިންގުމުގައި ބައިވެރިވުން.
  3. ޒުވާނުންނަށް ވަޒީފާގެ މާޙައުލަށް އަޙުލުވެރި ކުރުމަށް ކުންފުނިތަކާއި ގުޅިގެން ހިންގާ ސެޝަންތައް ރާވައި ހިންގުން.
  4. އަތޮޅުތެރޭގެ ޕްރޮގްރާމްތަކުގެ ޝެޑިއުލާ އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް ޕްރޮގްރާމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން.
  5. ހިންގޭ ޕްރޮގްރާމްތަކުގެ ސްޓެޓިސްޓިކްސް ބަލަހައްޓައި ރިޕޯރޓް ތައްޔާރުކުރުން.
  6. ސެންޓަރުން ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރުން.
  7. ޔުނިޓުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުން.

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ:  5020.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  ހިއުމަންރިސޯސް ސެކްޝަން / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް 

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ކޮންމެދުވަހަކު ހެނދުނު 8.00 އިން 9.00 އަށް މުވައްޒަފުންގެ ސަލާމާއި ޢާއިލީ ޒިންމާ ބަލައިގަތުން
  2. ކޮންމެދުވަހެއްގެ 9.00 ގައި ސަލާމް ބަލައިގަނެ ނިންމާލުމަށްފަހު ސަލާމް ފޮތުގައި ސެކްޝަން ވެރިޔާލައްވާ ސޮއިކުރުވުން.
  3. ސަލާމްބުނާމުވައްޒަފުން ސަލާމްފޯމް ހުށަހަޅާތޯބެލުމާއި އެޗް.އާރުސޮފްޓްވެއަރއަށް ސަލާމްގައި ތިބިމުވައްޒަފުންގެ ރެކޯޑްސްތައް އެޅުން.
  4. މުވައްޒަފުންގެ ބްރޭކްގަޑީގެ ޝީޓް ކޮންމެ ދުވަހަކު ތައްޔާރުކޮށް ބަލަަހައްޓަމުން ގެންދިއުން.
  5. ކޮންމެ ދުވަހެއްގެ އެންޓްރީ ނެގުމާއި، އެންޓްރީ ކުރުމާއި، އީގަވް މެދުވެރިކޮށް ސެކްޝަނަށް އަންނަ ސިޓީތައް ސެކްޝަންގެ ވެރިޔާގެ ލަފާގެމަތީން ރޫޓް ކުރަންޖެހޭ ފަރާތްތަކަށް އެންޓްރީ ރޫޓްކުރުން.
  6. ގަޑިޖެހޭ މުވައްޒަފުންނާއި ނާންނަ މުވައްޒަފުންނާއި ޤަވާޢިދާ ޚިލާފަށް ސަލާމް ބުނާކަމަށް ފާހަގަ ކުރެވޭ މުވައްޒަފުންނާއި އަމިއްލަ ކަންކަމުގައި ބޭރަށްގޮސް ގިނަ ވަގުތު ހޭދަކުރާ މުވައްޒަފުން ފާހަގަކޮށް ވެރިޔާއަށް އެންގުން.

 

ނޯޓް:

-          އެސިސްޓެންޓް ކެރިއަރ ގައިޑެންސް އޮފިސަރގެ މަގާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި ވަޒީފާއާއިބެހޭ ބައިގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

-          މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

-         މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް
       

12  ޛުލްޤަޢިދާ  1435

07 ސެޕްޓެންބަރު 2014