ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

 

މި އިދާރާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

މަސައްކަތު  

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:

އެސް. އެސް. 2

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ (މަހަކު):

-/3،470 ރުފިޔާ

ސަރވިސް އެލަވަންސް (މަހަކު):

-/1،000 ރުފިޔާ

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

 

  • އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

އޮފީސް/އިދާރާ:

ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާ

ސެކްޝަން/ޔުނިޓް:

އެޑްމިން. އެޗް .އާރ އެންޑް އިންފޮމޭޝަން ޔުނިޓް

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1- އިދާރާގެ އޭ.ސީތަކާއި ފަންކާތައް ސާފުކުރުމާއި، ޢިމާރާތުގެ އެތެރެއާއި ބޭރުގައި ހުންނަ ހޮޅިބުރިތަކާއި ބޮކިތައް މަރާމާތުކޮށް، ފާޚާނާތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

2- އިދާރާގެ ދޮރުތަކާއި ދޮރުފަތްތަކުގެ ބިއްލޫރިތަކުގެ އެތެރެއާއި ބޭރު ފޮހެ ސާފުކޮށް ބެލެހެއްޓުން.

3- އިދާރާއަށް ހާޒިރުކުރަންޖެހޭ މީސްމީހުން ހާޒިރުކޮށްދިނުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އިދާރާއިން ހަވާލުކުރާ ލިސްޓްތަކާއި ފޮތްތަކުގައި ސޮއިކުރުވަންޖެހޭ މީހުން ލައްވާ ސޮއިކުރުވުމާއި، އޮފީހުން ހަވާލުކުރާ ލިއެކިއުމާއި ތަކެތި ބެހުމުގެ މަސައްކަތާއި، ބޭންކަށް ފައިސާ ޖަމާކުރުމާއި، އިދާރާއިން އާންމު ފަރާތަކަށް ހަވާލުކުރަންޖެހޭ ފައިސާ ހަވާލުކުރުން.

4- އަތޮޅުގޭ ފުރާޅުމައްޗާއި ދިޔަދޮވިތައް ސާފުކޮށް، ބޯފެން ނެގުމުގެ މަސައްކަތްކުރުން.

5- އިދާރާގެ ގޭޓް، ކޮންމެ ހަފުތާއަކު އެއްފަހަރު ދޮވެ ހިރަފުސް ސާފުކުރުން.

6- އިދާރާއިން އަންގާ ގޮތެއްގެމަތިން ރަސްމީ ފުޓްބޯޅަ ދަނޑު ސާފުކޮށް ބެލެހެއްޓުން.

7- އިދާރާގެ ގޯތިތެރެއާއި އަތޮޅުގޭގައި ހުންނަ ރުއްތަކާއި ބޮޑެތި ގަސްތައް ސާފުކޮށް ބެލެހެއްޓުން.

8- އިދާރާއިން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، އިދާރާއިން ބާއްވާ ޖަލްސާތަކަށް ތައްޔާރުކުރުމާއި، ރަސްމިއްޔާތުތަކާއި މުނާސަބަތުތައް ފާހަގަކުރުމުގައި ޢަމަލީގޮތުން ބައިވެރިވެގެން މަސައްކަތްކުރުން.

9- މަޤާމުގެ މަސައްކަތްތަކާ ގުޅޭގޮތުން އިދާރާއިން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1-  ލިބިފައިވާ ތަޢުލީމާއި ތަމްރީން

2-  މަސައްކަތުގެ ތަޖުރިބާ

3-  ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލްސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 2014 ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ. ފޯމް ހުށަހަޅާނީ ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާއަށެވެ. 

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

1- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 10 ދުވަހުގެ ތެރޭގައި ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާގައި އޮންނާނެއެވެ. އަދި މި މަޢުލޫމާތު، ވަޒީފާއަށް އެދި ކުރިމަތިލީ ފަރާތްތަކަށް  އަންގާނެއެވެ.

2- އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

6- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.

އިތުރު މަޢުލޫމާތު:

މި އިދާރާގެ ފޯން ނަންބަރުތައް: 6865001،6860004، 6862030

ފެކްސް ނަންބަރުތައް: 6860958، 6862063

އީމެއިލް: [email protected]  

03 ސެޕްޓެންބަރު 2014
ހޯދާ