ދިވެހިރާއްޖެ
މި އިދާރާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|
މަޤާމު: |
މަސައްކަތު |
ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
ރޭންކް: |
އެސް. އެސް. 2 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ (މަހަކު): |
-/3،470 ރުފިޔާ |
ސަރވިސް އެލަވަންސް (މަހަކު): |
-/1،000 ރުފިޔާ |
އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:
|
|
އޮފީސް/އިދާރާ: |
ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާ |
ސެކްޝަން/ޔުނިޓް: |
އެޑްމިން. އެޗް .އާރ އެންޑް އިންފޮމޭޝަން ޔުނިޓް |
މަޤާމުގެ ޝަރުޠުތައް: |
1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- އިދާރާގެ އޭ.ސީތަކާއި ފަންކާތައް ސާފުކުރުމާއި، ޢިމާރާތުގެ އެތެރެއާއި ބޭރުގައި ހުންނަ ހޮޅިބުރިތަކާއި ބޮކިތައް މަރާމާތުކޮށް، ފާޚާނާތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން. 2- އިދާރާގެ ދޮރުތަކާއި ދޮރުފަތްތަކުގެ ބިއްލޫރިތަކުގެ އެތެރެއާއި ބޭރު ފޮހެ ސާފުކޮށް ބެލެހެއްޓުން. 3- އިދާރާއަށް ހާޒިރުކުރަންޖެހޭ މީސްމީހުން ހާޒިރުކޮށްދިނުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އިދާރާއިން ހަވާލުކުރާ ލިސްޓްތަކާއި ފޮތްތަކުގައި ސޮއިކުރުވަންޖެހޭ މީހުން ލައްވާ ސޮއިކުރުވުމާއި، އޮފީހުން ހަވާލުކުރާ ލިއެކިއުމާއި ތަކެތި ބެހުމުގެ މަސައްކަތާއި، ބޭންކަށް ފައިސާ ޖަމާކުރުމާއި، އިދާރާއިން އާންމު ފަރާތަކަށް ހަވާލުކުރަންޖެހޭ ފައިސާ ހަވާލުކުރުން. 4- އަތޮޅުގޭ ފުރާޅުމައްޗާއި ދިޔަދޮވިތައް ސާފުކޮށް، ބޯފެން ނެގުމުގެ މަސައްކަތްކުރުން. 5- އިދާރާގެ ގޭޓް، ކޮންމެ ހަފުތާއަކު އެއްފަހަރު ދޮވެ ހިރަފުސް ސާފުކުރުން. 6- އިދާރާއިން އަންގާ ގޮތެއްގެމަތިން ރަސްމީ ފުޓްބޯޅަ ދަނޑު ސާފުކޮށް ބެލެހެއްޓުން. 7- އިދާރާގެ ގޯތިތެރެއާއި އަތޮޅުގޭގައި ހުންނަ ރުއްތަކާއި ބޮޑެތި ގަސްތައް ސާފުކޮށް ބެލެހެއްޓުން. 8- އިދާރާއިން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، އިދާރާއިން ބާއްވާ ޖަލްސާތަކަށް ތައްޔާރުކުރުމާއި، ރަސްމިއްޔާތުތަކާއި މުނާސަބަތުތައް ފާހަގަކުރުމުގައި ޢަމަލީގޮތުން ބައިވެރިވެގެން މަސައްކަތްކުރުން. 9- މަޤާމުގެ މަސައްކަތްތަކާ ގުޅޭގޮތުން އިދާރާއިން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން. |
މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- މަސައްކަތުގެ ތަޖުރިބާ 3- ލިބިފައިވާ ހުނަރު |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލްސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 2014 ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ. ފޯމް ހުށަހަޅާނީ ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާއަށެވެ. |
އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު: |
1- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 10 ދުވަހުގެ ތެރޭގައި ފުވައްމުލަކު އަތޮޅުކައުންސިލުގެ އިދާރާގައި އޮންނާނެއެވެ. އަދި މި މަޢުލޫމާތު، ވަޒީފާއަށް އެދި ކުރިމަތިލީ ފަރާތްތަކަށް އަންގާނެއެވެ. 2- އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ލިބެން ހުންނާނެއެވެ.) 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު) 3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ. 6- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް. |
އިތުރު މަޢުލޫމާތު: |
މި އިދާރާގެ ފޯން ނަންބަރުތައް: 6865001،6860004، 6862030 ފެކްސް ނަންބަރުތައް: 6860958، 6862063 އީމެއިލް: [email protected] |