ދިވެހިރާއްޖެ
ތާރީޚް: 18 އޭޕްރިލް 2022
ނަންބަރު: IUL)486-AP/1/2022/20)
އިޢުލާނު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. |
|
މަޤާމު: |
ބިއުރޯ އެގްޒެކްޓިވް |
ކްލެސިފިކޭޝަން އަދި ގްރޭޑް |
އެގްޒެކްޓިވް އޮފިސަރ ގްރޭޑް 1 |
ރޭންކް |
އޯޓީޖޭ އެސް9 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް |
އެގްޒެކްޓިވް ސަރވިސް ޑިޕާރޓްމެންޓް |
މުސާރަ: |
14,000/-ރ (ސާދަ ހާސް ރުފިޔާ) |
ސަރވިސް އެލަވަންސް: |
5500/- ރ (ފަސްހާސް ފައްސަތޭކަ ރުފިޔާ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން. 2- އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުން. 3- އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ އޮމްބަޑްސްޕަރސަނުންނަށް ފޮނުވުން އަދި ޔައުމިއްޔާއަށް ހުށަހަޅާ އިސްލާހުތައް ގެނެސް ޖެހިގެން އަންނަ ބައްދަލުވުމުގައި ހުށަހެޅުމަށް ތައްޔާރުކުރުން. 4- އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ ނިންމުންތައް އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަމާގުޅޭ ޑިޕާޓްމަންޓްތަކަށާއި ޔުނިޓްތަކަށް ފޮނުވުން. 5- އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ ނިންމުންތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ޝީޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. 6- އޮމްބަޑްސްޕަރސަނުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަން ތަކާއި ލިޔުންތައް އަދި ފައިލްތައް ތައްޔާރުކުރުން. 7- އޮމްބަޑްސްޕަރސަނުން ބައްދަލުކުރުމަށް އެދޭ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް ސުޕަވައިޒަރުގެ ލަފާގެމަތީންއިންތިޒާމުކުރުމާއި، މި ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓުން ނުވަތައެހެނިހެން ފަރާތްތަކުން ހޯދައި ތައްޔާރުކުރުމާއި މި ބައްދަލުވުންތަކުގެ ރެކޯޑް ބެލެހެއްޓުމާއިއަދި މި ބައްދަލުވުންތަކުގެ ފޮލޯއަޕް މަސައްކަތެއް ވާނަމަ، އެ މަސައްކަތެއް ކުރުމަށް އޮމްބަޑްސްޕަރސަނުނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. 8- އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކާ ގުޅުންހުރި އެންމެހާ ލިޔެކިއުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯތަރުތީބުކޮށް ރައްކާކޮށް ބެލެހެއްޓުން. 9- އޮމްބަޑްސްޕަރސަނުންގެ ހާޟިރީއާއި ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން 10- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭންޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 11- އޮމްބަޑްސްޕަރސަނުން ބޭނުންވެއްޖެ ހާލަތެއްގައި އޮމްބަޑްސްޕަރސަން އޮފީހުން ރާވާ ދަތުރުތަކުގައި ބައިވެރިވުން. 12- އަދިމިނޫންވެސް އޮމްބަޑްސްޕަރސަން އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައިބައިވެރިވުން. |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަސައްކަތާއި ގުޅޭ ދާއިރާ: ބިއުރޯ، ކޮމިޓީ ސެކްރެޓޭރިއެޓް، ބޯޑް ސެކްރެޓްރީ، އެޑްމިނިސްޓްރޭޝަން
|
ރަސްމީ ގަޑި: |
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ސުންގަޑި: |
25 އޭޕްރިލް 2022 ގެ 13:00
|
އެހެނިހެން: |
އެޕްލިކޭޝަން ފޯމު އީމެއިލް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
17 ރަމަޟާން 1443