ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)486-AP/1/2022/20
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 25 އޭޕްރިލް 2022 13:00
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 18 އޭޕްރިލް 2022

ނަންބަރު: IUL)486-AP/1/2022/20)

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ބިއުރޯ އެގްޒެކްޓިވް

ކްލެސިފިކޭޝަން އަދި ގްރޭޑް

 އެގްޒެކްޓިވް އޮފިސަރ ގްރޭޑް 1

ރޭންކް

 އޯޓީޖޭ އެސް9

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 އެގްޒެކްޓިވް ސަރވިސް ޑިޕާރޓްމެންޓް

މުސާރަ:

14,000/-ރ (ސާދަ ހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

5500/- ރ (ފަސްހާސް ފައްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.

2-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުން.

3-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ އޮމްބަޑްސްޕަރސަނުންނަށް ފޮނުވުން އަދި ޔައުމިއްޔާއަށް ހުށަހަޅާ އިސްލާހުތައް ގެނެސް ޖެހިގެން އަންނަ ބައްދަލުވުމުގައި ހުށަހެޅުމަށް ތައްޔާރުކުރުން.

4-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ ނިންމުންތައް އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަމާގުޅޭ ޑިޕާޓްމަންޓްތަކަށާއި ޔުނިޓްތަކަށް ފޮނުވުން.

5-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ ނިންމުންތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ޝީޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

6-      އޮމްބަޑްސްޕަރސަނުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަން ތަކާއި ލިޔުންތައް އަދި ފައިލްތައް ތައްޔާރުކުރުން.

7-      އޮމްބަޑްސްޕަރސަނުން ބައްދަލުކުރުމަށް އެދޭ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް ސުޕަވައިޒަރުގެ ލަފާގެމަތީންއިންތިޒާމުކުރުމާއި، މި ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓުން ނުވަތައެހެނިހެން ފަރާތްތަކުން ހޯދައި ތައްޔާރުކުރުމާއި މި ބައްދަލުވުންތަކުގެ ރެކޯޑް ބެލެހެއްޓުމާއިއަދި މި ބައްދަލުވުންތަކުގެ ފޮލޯއަޕް މަސައްކަތެއް ވާނަމަ، އެ މަސައްކަތެއް ކުރުމަށް އޮމްބަޑްސްޕަރސަނުނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

8-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކާ ގުޅުންހުރި އެންމެހާ ލިޔެކިއުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯތަރުތީބުކޮށް ރައްކާކޮށް ބެލެހެއްޓުން.

9-      އޮމްބަޑްސްޕަރސަނުންގެ ހާޟިރީއާއި ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން

10- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭންޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.

11- އޮމްބަޑްސްޕަރސަނުން ބޭނުންވެއްޖެ ހާލަތެއްގައި އޮމްބަޑްސްޕަރސަން އޮފީހުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

12- އަދިމިނޫންވެސް އޮމްބަޑްސްޕަރސަން އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައިބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ބިއުރޯ، ކޮމިޓީ ސެކްރެޓޭރިއެޓް، ބޯޑް ސެކްރެޓްރީ، އެޑްމިނިސްޓްރޭޝަން

 

 

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  25 އޭޕްރިލް 2022 ގެ 13:00

 

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3039901

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                  17 ރަމަޟާން 1443

                                    

18 އޭޕްރިލް 2022