ދިވެހިރާއްޖެ
އިޢުލާން
އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ ، އެއުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ ރައްރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެމިނިސްޓްރީއަށް ބޭނުންވެއެވެ.
ވީމާ ، މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަށް ދެންނެވިފައިވާ އުޅަނދުތަކާއިބެހޭ ތިރީގައި މިދަންނަވާ ލިޔުންތަށް 2022 އޭޕްރީލް 24 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.
މިލިޔުންތައް ކައުންސިލްގެ ވައިބަރ ނަމްބަރ 7292024 ، އަދި މެއިލް [email protected] މެދުވެރިކޮށް ވެސް ހުށައެޅިދާނެއެވެ.
- އުޅަނދުގެ ރަޖިސްޓްރީ ކޮޕީ
- އުޅަނދުގެ ވެރިފަރާތަކީ :
- އަމިއްލަ ފަރުދެއްނަމަ ، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްކޮޕީ
- ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
- ސަރުކާރުގެ އިދާރާއެއްނަމަ އިދާރާގެ ނަމްބަރު
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.