ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2022/55
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 24 އޭޕްރިލް 2022 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

އިޢުލާން

          އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ ، އެއުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ ރައްރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެމިނިސްޓްރީއަށް ބޭނުންވެއެވެ.  

          ވީމާ ، މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަށް ދެންނެވިފައިވާ އުޅަނދުތަކާއިބެހޭ ތިރީގައި މިދަންނަވާ ލިޔުންތަށް 2022 އޭޕްރީލް 24 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިލިޔުންތައް ކައުންސިލްގެ ވައިބަރ ނަމްބަރ 7292024  ، އަދި  މެއިލް [email protected] މެދުވެރިކޮށް ވެސް ހުށައެޅިދާނެއެވެ.

  • އުޅަނދުގެ ރަޖިސްޓްރީ ކޮޕީ
  • އުޅަނދުގެ ވެރިފަރާތަކީ :
  • އަމިއްލަ ފަރުދެއްނަމަ ، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްކޮޕީ
  • ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
  • ސަރުކާރުގެ އިދާރާއެއްނަމަ އިދާރާގެ ނަމްބަރު

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޭޕްރިލް 2022