މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ކ.މާލެ ކެމްޕަސް އިމާރާތުގައި ފިހާރައެއް "ޝޮޕް" ޑިޒައިން-އިމާރާތް، ފައިނޭންސް، އޮޕަރޭޓް އަދި މެއިންޓެއިން އުސޫލުން ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް 19 ފެބުރުވަރީ 2022 ގައި ކުރެވުނު އިއުލާން ނަންބަރު ، IUL)213-PR/213/2022/12) އެކަޝީގެންވާ ތަރުހީބު ނުލިބުމުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ.

އިޢުލާން

 

މޯލްޑިވްސް ޕޮލިޓެކްނިކް ކ.މާލެ  ކެމްޕަސް އިމާރާތުގައި ފިހާރައެއް "ސޮޕް" ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި މެއިންޓެއިން އުސޫލުން ޤާއިމްކޮށް ހިންގުމަށް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު.

މޯލްޑިވްސް ޕޮލިޓެކްނިކް ކ.މާލެ  ކެމްޕަސް އިމާރާތުގައި ސްޓޯރެއް ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި މެއިންޓެއިން އުސޫލުން ފިހާރައެއް ޤާއިމްކޮށް ހިންގުމުގެ

ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާން ކުރަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. ޕްރީބިޑް

ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ

ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 9 މެއި 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް ޕޮރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ

ހާޒިރުގައެވެ. ޕުރޮޕޯސަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ޕޮރޮޕޯސަލް މުއްދަތުގެ ގޮތުގައި ޕުރޮޕޯސަލް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް

އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. ޕުރޮޕޯސަލް ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށައަޅުއްވާ ޕުރޮޕޯސަލްއާއި މަޢުލޫމާތު ފުރިހަމަނުވާ ޕުރޮޕޯސަލް ބާޠިލުކުރެވޭނެ

ވާހަކަ ދެންނެވީމެވެ.

ޕުރޮޕޯސަލް ހުށައަޅާ އިރު ޕުރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަން ވާނެވެ. (ސީ.ޑީ/ޕެންޑުރައިވް.)

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން

  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.

 

14 އޭޕްރިލް 2022

 

 

14 އޭޕްރިލް 2022
ހޯދާ