ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކް ކ.މާލެ ކެމްޕަސް އިމާރާތުގައި ފިހާރައެއް "ސޮޕް" ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި މެއިންޓެއިން އުސޫލުން ޤާއިމްކޮށް ހިންގުމަށް
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު.
މޯލްޑިވްސް ޕޮލިޓެކްނިކް ކ.މާލެ ކެމްޕަސް އިމާރާތުގައި ސްޓޯރެއް ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި މެއިންޓެއިން އުސޫލުން ފިހާރައެއް ޤާއިމްކޮށް ހިންގުމުގެ
ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާން ކުރަމެވެ.
ޕްރީބިޑް ބައްދަލުވުން
މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. ޕްރީބިޑް
ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.
ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ
ފަރާތްތަކަށެވެ.
ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 9 މެއި 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް ޕޮރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ
ހާޒިރުގައެވެ. ޕުރޮޕޯސަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ޕޮރޮޕޯސަލް މުއްދަތުގެ ގޮތުގައި ޕުރޮޕޯސަލް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް
އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. ޕުރޮޕޯސަލް ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށައަޅުއްވާ ޕުރޮޕޯސަލްއާއި މަޢުލޫމާތު ފުރިހަމަނުވާ ޕުރޮޕޯސަލް ބާޠިލުކުރެވޭނެ
ވާހަކަ ދެންނެވީމެވެ.
ޕުރޮޕޯސަލް ހުށައަޅާ އިރު ޕުރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަން ވާނެވެ. (ސީ.ޑީ/ޕެންޑުރައިވް.)
އިތުރު މަޢުލޫމާތު ސާފުކުރުން
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން
[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.
14 އޭޕްރިލް 2022