މަޤާމު:
|
ޗީފް ފައިނޭންސް އެގްޒެކެޓިވް (އީ.އެކްސް 5)
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ:
|
-/13,890 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު -/2,000 ރުފިޔާ
|
ކްލެސިފިކޭޝަން:
|
ޑިރެކްޓަރ ޖެނެރަލް
|
އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
ކ. މާލެ
|
ސެކްޝަން:
|
ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން/ އެސެޓް ލައިބިލިޓީ މެނޭޖްމަންޓް ސެކްޝަން
|
މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ދައުލަތުގެ އެސެޓްސް އަދި ލައިބިލިޓީސްއާ ބެހޭ ފުރިހަމަ އަދި ޞައްޙަ މަޢުލޫމާތު ބެލެހެއްޓުން
- ދައުލަތުގެ އެސެޓްސް މެނޭޖް ކުރުމަށް ސްޓެރެޓެޖީތައް ތައްޔާރުކުރުން
- ކޭޝް މެނޭޖްމަންޓް އެންޑް ފަންޑްސް ރިލީޒް ޑިޕާޓްމަންޓާއި މަޝްވަރާކޮށް، ސަރުކާރުގެ ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުންނުވާނެ ފައިސާ އިންވެސްޓްކުރާނެ ގޮތްތައް ބެލުން
- ދައުލަތުގެ އެސެޓްސްއާ ބެހޭ ގޮތުން ސަރުކާރާއި ބޭރުގެ މުއައްޞަސާތަކާއި މުއާމަލާތް ކުރުން
- އެސެޓްސްތަކުގެ ޙާލަތު (ޕޮޒިޝަންސް) އެނގޭނެ ރިޕޯޓުތައް ތައްޔާރުކުރުން
- ދަރަންޏާ ބެހޭ ކޮމިޓީގެ އިރުޝާދާއި އެއްގޮތަށް، ދަރަންޏާ ބެހޭ މަޢުލޫމާތުގެ ޞައްޙަކަން ޤާއިމުކޮށް ދަމަހައްޓާނެ ގޮތްތައް ހޯދުން
- ދައުލަތަށް ދަރަނި ނަގަންޖެހޭ ޙާލަތްތަކުގައި މަޝްވަރާ ކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް، ބާޒާރުގެ އެވަގުތުގެ ޙާލަތާއި އިޤްތިޞާދީ ޙާލަތު ދިރާސާ ކުރުން
- ބޭރާއި އެތެރޭގެ ދަރަނިން މަހުން މަހަށް ފައިސާ ވަންނަ ގޮތް އެނަލައިޒްކޮށް ކޭޝް މެނޭޖްމަންޓް އެންޑް ފަންޑްސް ރިލީޒް ޑިޕާޓްމަންޓާ މަޝްވަރާކޮށް ފައިސާ ހޭދަކުރަން ބޭނުންވާ ގޮތް ބެލުން
- ކޭޝް މެނޭޖްމަންޓް ސެކްޝަނުން ތައްޔާރުކުރާ ކޭޝްފްލޯ ފޯކާސްޓަށް ބަލައި ބޭރާއި އެތެރޭގެ ދަރަނީގެ ގޮތުގައި ފައިސާ ހޯދަންޖެހޭ މިންވަރާއި ވަގުތުތައް ބެލުން
- ބޭރާއި އެތެރޭގެ ދަރަންޏާއި ދަރަނީގެ ޚިދުމަތަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ފޯކާސްޓްކުރުން
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ
- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
- SAP ސޮފްޓްވެއަރ ބޭނުންކުރަން އެނގޭ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު
- އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ އަދާކުރައްވާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
|
ސުންގަޑި:
|
10 ސެޕްޓެންބަރު 2014 (ބުދަ) ދުވަހުގެ 14:30 ގެ ނިޔަލަށް.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.
|