ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-E/13/2014/281
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 10 ސެޕްޓެންބަރު 2014 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޗީފް ފައިނޭންސް އެގްޒެކެޓިވް

މަޤާމު:

ޗީފް ފައިނޭންސް އެގްޒެކެޓިވް (އީ.އެކްސް 5)

ބޭނުންވާ އަދަދު:

1

މުސާރަ:

-/13,890 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން/ އެސެޓް ލައިބިލިޓީ މެނޭޖްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ފައިނޭންސް ގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ އެސެޓްސް އަދި ލައިބިލިޓީސްއާ ބެހޭ ފުރިހަމަ އަދި ޞައްޙަ މަޢުލޫމާތު ބެލެހެއްޓުން
  • ދައުލަތުގެ އެސެޓްސް މެނޭޖް ކުރުމަށް ސްޓެރެޓެޖީތައް ތައްޔާރުކުރުން
  • ކޭޝް މެނޭޖްމަންޓް އެންޑް ފަންޑްސް ރިލީޒް ޑިޕާޓްމަންޓާއި މަޝްވަރާކޮށް، ސަރުކާރުގެ ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުންނުވާނެ ފައިސާ އިންވެސްޓްކުރާނެ ގޮތްތައް ބެލުން
  • ދައުލަތުގެ އެސެޓްސްއާ ބެހޭ ގޮތުން ސަރުކާރާއި ބޭރުގެ މުއައްޞަސާތަކާއި މުއާމަލާތް ކުރުން
  • އެސެޓްސްތަކުގެ ޙާލަތު (ޕޮޒިޝަންސް) އެނގޭނެ ރިޕޯޓުތައް ތައްޔާރުކުރުން
  • ދަރަންޏާ ބެހޭ ކޮމިޓީގެ އިރުޝާދާއި އެއްގޮތަށް، ދަރަންޏާ ބެހޭ މަޢުލޫމާތުގެ ޞައްޙަކަން ޤާއިމުކޮށް ދަމަހައްޓާނެ ގޮތްތައް ހޯދުން
  • ދައުލަތަށް ދަރަނި ނަގަންޖެހޭ ޙާލަތްތަކުގައި މަޝްވަރާ ކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް، ބާޒާރުގެ އެވަގުތުގެ ޙާލަތާއި އިޤްތިޞާދީ ޙާލަތު ދިރާސާ ކުރުން
  • ބޭރާއި އެތެރޭގެ ދަރަނިން މަހުން މަހަށް ފައިސާ ވަންނަ ގޮތް އެނަލައިޒްކޮށް ކޭޝް މެނޭޖްމަންޓް އެންޑް ފަންޑްސް ރިލީޒް ޑިޕާޓްމަންޓާ މަޝްވަރާކޮށް ފައިސާ ހޭދަކުރަން ބޭނުންވާ ގޮތް ބެލުން
  • ކޭޝް މެނޭޖްމަންޓް ސެކްޝަނުން ތައްޔާރުކުރާ ކޭޝްފްލޯ ފޯކާސްޓަށް ބަލައި ބޭރާއި އެތެރޭގެ ދަރަނީގެ ގޮތުގައި ފައިސާ ހޯދަންޖެހޭ މިންވަރާއި ވަގުތުތައް ބެލުން
  • ބޭރާއި އެތެރޭގެ ދަރަންޏާއި ދަރަނީގެ ޚިދުމަތަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ފޯކާސްޓްކުރުން

އުޖޫރަ އާއި އިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- SAP ސޮފްޓްވެއަރ ބޭނުންކުރަން އެނގޭ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ އަދާކުރައްވާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ސުންގަޑި:

10 ސެޕްޓެންބަރު 2014 (ބުދަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

05 ޛުލްޤަޢިދާ 1435

31 އޮގަސްޓް 2014