ދިވެހިރާއްޖެ
ސީ.އެމް.ޑީ.އޭއަށް ގްރެފިކް ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޑިޒައިންގެ މަސައްކަތްކުރަން ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު ޓާރމްސް އޮފް ރެފަރެންސް ((TORގައި ބަޔާން ކުރެވިފައި ވާނެއެވެ. މިއިއުލާނާއެކު TOR ވަނީ އެޓޭޗްކުރެވިފައެވެ. އަދި TOR މިއޮތޯރިޓީގެ ވެބްސައިޓުން (http://www.cmda.gov.mv/docs/TOR-Graphic-Design-2014.pdf) ލިބެން ހުންނާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިއޮތޯރިޓީއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ވަޒީފާގައި ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އަދި މިދާއިރާގައި ނުވަތަ މިދާއިރާއާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން.
- ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ފުރިހަމަކޮށްފައިވާގޮތް އަންގައިދޭ ލިޔުން.
- ޑިޒައިންކުރުމަށް ހުށަޅާ އަގުގެ ކޮޓޭޝަން.
މިމަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ގުރެފިކް ޑިޒައިން އެންޑް އެނިމޭޝަންސް ހެދުމުގެ ތަޖުރިބާ (TOR ގައި ކަނޑައެޅިފައިވާގޮތަށް މިދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު ނުވަތަ މިމަސައްކަތާ ގުޅޭ ދާއިރާއިން ނިންމާފައިވާ މަސައްކަތުގެ ތަފުސީލު) – (ކަނޑައެޅިފައިވާ އިންސައްތަ %50)
- ގުރެފިކް ޑިޒައިން އެންޑް އެނިމޭޝަންސްގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު - (ކަނޑައެޅިފައިވާ އިންސައްތަ %20)
- މިމަސައްކަތް ނިންމުމަށް ހުށަހަޅާ އަގު އަދި މަސައްކަތް ނިންމުމަށް ހުށަހެޅިފައިވާ މުއްދަތު - (ކަނޑައެޅިފައިވާ އިންސައްތަ %30)
މަޢުލޫމާތު ފޮނުވާނީ ތިރީގައިވާ އެޑްރެހަށެވެ.
އަލްފާޟިލާ އަޒްލީމާ އަޙްމަދު (ޑައިރެކްޓަރ ޖެނެރަލް، ސީ.އެމް.ޑީ.އޭ)
އީމެއިލް އެޑްރެސް: [email protected] ؛ ނުވަތަ
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
MTCC ޓަވަރ، 4 ވަނަ ފަންގިފިލާ
ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ
އީ-މެއިލް:[email protected]
ވެބްސައިޓް:www.cmda.gov.mv
އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގައި 3014124/ 3336619 ނަންބަރު ފޯނާއެވެ.
07 ޛުލްޤަޢިދާ 1435