މަސައްކަތް
ނަންބަރު: (IUL)179-2.1/1/2014/54
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 09 ސެޕްޓެންބަރު 2014 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ގްރެފިކް ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސީ.އެމް.ޑީ.އޭއަށް ގްރެފިކް ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޑިޒައިންގެ މަސައްކަތްކުރަން ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު ޓާރމްސް އޮފް ރެފަރެންސް ((TORގައި ބަޔާން ކުރެވިފައި ވާނެއެވެ. މިއިއުލާނާއެކު TOR ވަނީ އެޓޭޗްކުރެވިފައެވެ. އަދި TOR މިއޮތޯރިޓީގެ ވެބްސައިޓުން (http://www.cmda.gov.mv/docs/TOR-Graphic-Design-2014.pdf) ލިބެން ހުންނާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިއޮތޯރިޓީއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  1.  ވަޒީފާގައި ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އަދި މިދާއިރާގައި ނުވަތަ މިދާއިރާއާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން.
  2. ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ފުރިހަމަކޮށްފައިވާގޮތް އަންގައިދޭ ލިޔުން.
  3. ޑިޒައިންކުރުމަށް ހުށަޅާ އަގުގެ ކޮޓޭޝަން.

މިމަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ގުރެފިކް ޑިޒައިން އެންޑް އެނިމޭޝަންސް ހެދުމުގެ ތަޖުރިބާ (TOR ގައި ކަނޑައެޅިފައިވާގޮތަށް މިދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު ނުވަތަ މިމަސައްކަތާ ގުޅޭ ދާއިރާއިން ނިންމާފައިވާ މަސައްކަތުގެ ތަފުސީލު) – (ކަނޑައެޅިފައިވާ އިންސައްތަ %50)
  2. ގުރެފިކް ޑިޒައިން އެންޑް އެނިމޭޝަންސްގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު - (ކަނޑައެޅިފައިވާ އިންސައްތަ %20)
  3. މިމަސައްކަތް ނިންމުމަށް ހުށަހަޅާ އަގު އަދި މަސައްކަތް ނިންމުމަށް ހުށަހެޅިފައިވާ މުއްދަތު - (ކަނޑައެޅިފައިވާ އިންސައްތަ %30)

މަޢުލޫމާތު ފޮނުވާނީ ތިރީގައިވާ އެޑްރެހަށެވެ.

އަލްފާޟިލާ އަޒްލީމާ އަޙްމަދު (ޑައިރެކްޓަރ ޖެނެރަލް، ސީ.އެމް.ޑީ.އޭ)

އީމެއިލް އެޑްރެސް: [email protected] ؛ ނުވަތަ

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

MTCC ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ

އީ-މެއިލް:[email protected]

ވެބްސައިޓް:www.cmda.gov.mv

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގައި 3014124/ 3336619 ނަންބަރު ފޯނާއެވެ. 

07 ޛުލްޤަޢިދާ 1435

02 ސެޕްޓެންބަރު 2014