ދިވެހިރާއްޖެ
މި އޮތޯރިޓީ އަށް ހިންގުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ޕްރޮގްރާމް ޑޮކިއުމަންޓްތަކުގެ މުޤައްރަރު ރިވިއުކުރާނެ އެކި ދާއިރާތަކުގެ 'ސަބްޖެކްޓް އެކްސްޕާޓުން' ގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތް ކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓް www.mqa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި އިޢުލާނަށް ޝައުޤުވެރިވާކަން ހާމަކޮށް 26 އޭޕްރިލް2022 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް ސީވީއާއެކު އީމެއިލްގެ ޒަރީޢާއިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައި މި އޮތޯރިޓީގެ އެކަޑެމިކް ޕްރޮގްރާމް ރިވިއު ޕެނަލްގެ މިންގަނޑުތަކަށް ފެތޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް މި އޮތޯރިޓީގެ ފަރާތުން އިތުރު ތަމްރީނު ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އުޖޫރަ ދެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3026659، 3026668އަދި3026664 ފޯނަށް ގުޅުން އެދެމެވެ.
24 ޝަޢުބާން 1443