މަސައްކަތް
ނަންބަރު: (IUL)218-QAS/218/2022/1
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 26 އޭޕްރިލް 2022 12:00
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެކަޑަމިކް ޕްރޮގްރާމްތަކުގެ މުޤައްރަރު ރިވިއުކުރާނެ 'ސަބްޖެކްޓް އެކްސްޕާޓުން' ހޯދަން ބޭނުންވެއްޖެ

މި އޮތޯރިޓީ އަށް ހިންގުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ޕްރޮގްރާމް ޑޮކިއުމަންޓްތަކުގެ މުޤައްރަރު ރިވިއުކުރާނެ އެކި ދާއިރާތަކުގެ 'ސަބްޖެކްޓް އެކްސްޕާޓުން' ގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތް ކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓް www.mqa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

މި އިޢުލާނަށް ޝައުޤުވެރިވާކަން ހާމަކޮށް 26 އޭޕްރިލް2022 ވާ އަންގާރަ ދުވަހުގެ  12:00ގެ ކުރިން [email protected] އަށް ސީވީއާއެކު އީމެއިލްގެ ޒަރީޢާއިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައި މި އޮތޯރިޓީގެ އެކަޑެމިކް ޕްރޮގްރާމް ރިވިއު ޕެނަލްގެ މިންގަނޑުތަކަށް ފެތޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް މި އޮތޯރިޓީގެ ފަރާތުން އިތުރު ތަމްރީނު ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އުޖޫރަ ދެވޭނެއެވެ.   

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3026659، 3026668އަދި3026664  ފޯނަށް ގުޅުން އެދެމެވެ. 


24 ޝަޢުބާން 1443

27 މާރިޗު 2022