ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު(IUL)435-A4/2014/41 (12 ޖޫން 2014) އިޢުލާނަށް އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.
|
|||
ވަޒީފާގެ ފުރުޞަތު |
ނަންބަރު: (IUL)435-A1/435/2014/7 |
||
ތާރީޚު: 01 ސެޕްޓެމްބަރ 2014 |
|||
މަޤާމު |
ކޯޓް އެޑްމިނިސްޓްރޭޓަރ |
ރޭންކް: އީ.އެކްސް 1 |
|
ޢަދަދު |
1 |
||
މަސައްކަތްކުރަންޖެހޭ ތަން |
ޑްރަގް ކޯޓު |
||
އަސާސީ މުސާރަ |
-/8,835 ރުފިޔާ |
||
އެލަވަންސް |
- ސަރވިސް އެލަވަންސް -/2,000 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 - ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
||
އަސާސީ ޝަރުޠު |
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުން. ނުވަތަ - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS-4 ރޭންކުގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
ހުށަހަޅަންޖެހޭ ތަކެތި
|
1- ވަޒީފާއަށް އެދޭ ފޯމް. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭނެފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެ) |
||
ސުންގަޑި |
9 ސެޕްޓެންބަރު 2014 ވާ އަންގާރަދުވަހުގެ 14:30 ގެކުރިން ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް ހޮވާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އިންނާއި ޕްރެކްޓިކަލް ޓެސްޓުން 70% އަށްވުރެ މަތީ މާކްސް ލިބޭ ފަރާތްތަކެވެ. - މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުގެ ކައުންޓަރުންނާއި، ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުން އެދެމެވެ. ނޯޓް: - މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. |