ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/435/2014/7
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 09 ސެޕްޓެންބަރު 2014 14:30
ޑްރަގް ކޯޓު
ދިވެހިރާއްޖެ
ކޯޓް އެޑްމިނިސްޓްރޭޓަރ

މި ކޯޓުގެ ނަންބަރު(IUL)435-A4/2014/41 (12 ޖޫން 2014) އިޢުލާނަށް އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/435/2014/7

ތާރީޚު:  01 ސެޕްޓެމްބަރ 2014

މަޤާމު

ކޯޓް އެޑްމިނިސްޓްރޭޓަރ

ރޭންކް: އީ.އެކްސް 1

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު

އަސާސީ މުސާރަ

-/8,835 ރުފިޔާ

އެލަވަންސް

-          ސަރވިސް އެލަވަންސް -/2,000 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުން. ނުވަތަ

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS-4 ރޭންކުގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1-   ވަޒީފާއަށް އެދޭ ފޯމް.

2-   ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4-   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

5-   ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭނެފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެ)

ސުންގަޑި

9 ސެޕްޓެންބަރު 2014 ވާ އަންގާރަދުވަހުގެ 14:30 ގެކުރިން ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

- މި މަޤާމަށް ހޮވާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އިންނާއި ޕްރެކްޓިކަލް ޓެސްޓުން 70% އަށްވުރެ މަތީ މާކްސް ލިބޭ ފަރާތްތަކެވެ.

- މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް،     މި ކޯޓުގެ ކައުންޓަރުންނާއި، ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުން އެދެމެވެ.

ނޯޓް:

- މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

01 ސެޕްޓެންބަރު 2014