ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ ( އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތް ނިއްމުން)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

            ކޮޅުމަޑުލު ކިނބިދޫ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް ނިއްމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤްވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިބީލަމާބެހޭ މަޢްލޫމާތުތައް މިއިޢްލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ރަޖިސްޓަރީ ކުރުން

ރަޖިސްޓަރީ ކުރުމުގެ މުއްދަތު: މިއަދުން ފެށިގެން 28 މާރިޗް 2022 ވާ ހޯމަ ދުވަހުގެ 11.00 ގެ ކުރީން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން: ރަޖިސްޓަރީ ކޮށްދެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކުރުން

މަޢްލޫމާތު ސާފުކޮށް ދިނުން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

އީމެއިލް އެޑްރެސް: [email protected] 

ފޯނު ނަމްބަރ: 9510825

މަޤާމު: ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު މުޙައްމަދު

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

ތާރީޚް: 31 މާރިޗް 2022  ބުރާސްފަތި ދުވަހުގެ 11.00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.


މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

20 މާރިޗު 2022
ހޯދާ