ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކޮޅުމަޑުލު ކިނބިދޫ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް ނިއްމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤްވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިބީލަމާބެހޭ މަޢްލޫމާތުތައް މިއިޢްލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަން ރަޖިސްޓަރީ ކުރުން |
ރަޖިސްޓަރީ ކުރުމުގެ މުއްދަތު: މިއަދުން ފެށިގެން 28 މާރިޗް 2022 ވާ ހޯމަ ދުވަހުގެ 11.00 ގެ ކުރީން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން: ރަޖިސްޓަރީ ކޮށްދެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. |
މަޢްލޫމާތު ސާފުކުރުން |
މަޢްލޫމާތު ސާފުކޮށް ދިނުން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ އީމެއިލް އެޑްރެސް: [email protected] ފޯނު ނަމްބަރ: 9510825 މަޤާމު: ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު މުޙައްމަދު |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި |
ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ ތާރީޚް: 31 މާރިޗް 2022 ބުރާސްފަތި ދުވަހުގެ 11.00 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.