މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހަށް ތަރާވީޙް ނަމާދު ކުރާ އިމާމުންގެ އެހީ ތެރިން ހޯދުމާ ގުޅޭ

އިޢުލާން

ރަމަޟާންމަހަށް ތަރާވީޙް ނަމާދު ކުރާ އިމާމުންގެ އެހީ ތެރިން ހޯދުމާ ގުޅޭ

 

1443 ވަނަ އަހަރުގެ ރަމަޟާން މަހު ށ.ކަނޑިތީމު މިސްކިތްތަކުގައި ޙިފްތުކޮށް އިމާމުވެ ތަރާވީޚް ނަމާދުކުރާ އިމާމުންނަށް އެހީތެރިވެދޭނެ އެހީތެރިން ހޯދަން ބޭނުންވެއްޖެއެވެ. އެހީތެރިވެދޭ ފަރާތުގެ ޝަރުތުތަކާއި ޒިންމާތައް ތިރީގައި ބަޔާންކުރެވިފައިވާ އެވަނީއެވެ.

އެހީތެރިވެދޭ ފަރާތުގެ ޝަރުތަކާއި ޒިންމާތައް

ޝަރުތުތައް

(ހ) ރަށުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން

(ށ) އިމާމުވެ ނަމާދު ކުރެވޭ ފެންވަރުގެ މީހެއްކަމުގައިވުން

(ނ) ޤުރުއާން ކިޔާވާއިރު ޖެހޭ ކުށްތައް ރަނގަޅުކުރަން އެނގޭ މީހެއްކަމުގައިވުން

ޒިންމާތައް

(ހ) ޤުރުއާން ކިޔާވާއިރު ޖެހޭ ކުށެއް/ ކުށްތައް ރަނގަޅުކޮށްދިނުން

(ށ) ޙާފިޡުއަށް މިސްކިތައް ހާޞިރުނުވެވޭ ފަދަ އުޒެރެއް ދިމާވެއްޖެ ހާލަތެއްގައި އިމާމުވެ ތަރާވީޚް ނަމާދުކުރުން

 އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް މަސައްކަތް ކުރައްވާ ކޮންމެ ރެއަކަށް 150 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މިއިޢުލާން އެޓޭޗްކުރެވިފައިވާ އޮންލައިން ލިންކްގައިވާ މައުލޫމާތު ފުރިހަމަކޮށް 28 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ކުރިން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ލިންކް: https://forms.gle/EB7mTi88uvK964129

 

14 ރަޖަބް 1443

17 މާރިޗު 2022

17 މާރިޗު 2022
ހޯދާ