ދިވެހިރާއްޖެ
އިޢުލާން
ރަމަޟާންމަހަށް ތަރާވީޙް ނަމާދު ކުރާ އިމާމުންގެ އެހީ ތެރިން ހޯދުމާ ގުޅޭ |
1443 ވަނަ އަހަރުގެ ރަމަޟާން މަހު ށ.ކަނޑިތީމު މިސްކިތްތަކުގައި ޙިފްތުކޮށް އިމާމުވެ ތަރާވީޚް ނަމާދުކުރާ އިމާމުންނަށް އެހީތެރިވެދޭނެ އެހީތެރިން ހޯދަން ބޭނުންވެއްޖެއެވެ. އެހީތެރިވެދޭ ފަރާތުގެ ޝަރުތުތަކާއި ޒިންމާތައް ތިރީގައި ބަޔާންކުރެވިފައިވާ އެވަނީއެވެ.
އެހީތެރިވެދޭ ފަރާތުގެ ޝަރުތަކާއި ޒިންމާތައް |
|
ޝަރުތުތައް |
(ހ) ރަށުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން (ށ) އިމާމުވެ ނަމާދު ކުރެވޭ ފެންވަރުގެ މީހެއްކަމުގައިވުން (ނ) ޤުރުއާން ކިޔާވާއިރު ޖެހޭ ކުށްތައް ރަނގަޅުކުރަން އެނގޭ މީހެއްކަމުގައިވުން |
ޒިންމާތައް |
(ހ) ޤުރުއާން ކިޔާވާއިރު ޖެހޭ ކުށެއް/ ކުށްތައް ރަނގަޅުކޮށްދިނުން (ށ) ޙާފިޡުއަށް މިސްކިތައް ހާޞިރުނުވެވޭ ފަދަ އުޒެރެއް ދިމާވެއްޖެ ހާލަތެއްގައި އިމާމުވެ ތަރާވީޚް ނަމާދުކުރުން |
އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް މަސައްކަތް ކުރައްވާ ކޮންމެ ރެއަކަށް 150 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މިއިޢުލާން އެޓޭޗްކުރެވިފައިވާ އޮންލައިން ލިންކްގައިވާ މައުލޫމާތު ފުރިހަމަކޮށް 28 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ކުރިން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ލިންކް: https://forms.gle/EB7mTi88uvK964129
14 ރަޖަބް 1443
17 މާރިޗު 2022