މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ބޯޑް އިންތިޚާބުކުރުން

   ޅައިމަގުޕްރީސްކޫލް ބޯޑު އިންތިޚާބުކުރުމަށް ކުރެވުނު ނަންބަރު (IUL)280-MS/INDIV/2022/8  (01 ފެބްރުއަރީ 2022) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮއްފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލް ބޯޑު އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ

 

  1. ސްކޫލް ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުން.
  2. ސްކޫލް މުދައްރިއްސުންގެ ތެރެއިން 3 މެމްބަރުން.
  3. ސްކޫލް މެނޭޖްމަންޓުން 3 މެމްބަރުން.
  4. އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން.

   މީގެތެރެއިން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުންނާއި، އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުންނެވެ.

   ވީމާ، ޕްރީސްކޫލްގެ ބެލެނިވެރިންގެ ތެރެއިންނާ ޢާންމު ރައްޔިތުންގެ ތެރެއިން ޕްރީސްކޫލް ބޯޑުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

16 މާރިޗު 2022
ހޯދާ