ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-PLA/INDIV/2022/17
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި:
23 މާރިޗު 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރީސްކޫލް ބޯޑް އިންތިޚާބުކުރުން
ޅައިމަގުޕްރީސްކޫލް ބޯޑު އިންތިޚާބުކުރުމަށް ކުރެވުނު ނަންބަރު (IUL)280-MS/INDIV/2022/8 (01 ފެބްރުއަރީ 2022) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮއްފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލް ބޯޑު އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ
- ސްކޫލް ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުން.
- ސްކޫލް މުދައްރިއްސުންގެ ތެރެއިން 3 މެމްބަރުން.
- ސްކޫލް މެނޭޖްމަންޓުން 3 މެމްބަރުން.
- އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން.
މީގެތެރެއިން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުންނާއި، އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުންނެވެ.
ވީމާ، ޕްރީސްކޫލްގެ ބެލެނިވެރިންގެ ތެރެއިންނާ ޢާންމު ރައްޔިތުންގެ ތެރެއިން ޕްރީސްކޫލް ބޯޑުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.
16 މާރިޗު 2022