މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލާއި ޕްރީސްކޫލް ކެމްޕަހުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1- މުޙްޔިއްދީން ސްކޫލާއި ޕްރީސްކޫލް ކެމްޕަހުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 މާރިޗް 2022  ން 24 މާރިޗް 2022 ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ). އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
  • ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު
  • ރަޖިސްޓްރީ ނަންބަރު.
  • އީމެއިލް އެޑްރެސް.
  • ގުޅޭނެ މޯބައިލް ނަންބަރު.

3- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 މާރިޗް 2022 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 މާރިޗް 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

5- ބީލަން ހުޅުވުން އޮންނާނީ 06 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

6- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙްޔިއްދީން ސްކޫލް- ފޯން: 7552792

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected] 

 

 

 

 

16 މާރިޗު 2022
ހޯދާ