ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- މުޙްޔިއްދީން ސްކޫލާއި ޕްރީސްކޫލް ކެމްޕަހުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 މާރިޗް 2022 ން 24 މާރިޗް 2022 ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ). އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
- ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު
- ރަޖިސްޓްރީ ނަންބަރު.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަންބަރު.
3- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 މާރިޗް 2022 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 މާރިޗް 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
5- ބީލަން ހުޅުވުން އޮންނާނީ 06 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
6- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުޙްޔިއްދީން ސްކޫލް- ފޯން: 7552792
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]