ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
މަސައްކަތު

މިޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:                މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން      ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:               މަސައްކަތު

ސެކްޝަން:             އެޑްމިނިސްޓްރޭޓިވް ސެކްޝަން

މުސާރަ:               -/3100ރ

ސަރވިސް އެލަވެންސް:      -/1000ރ

އަދަދު:               2 (ދޭއް)

ތައުލީމާއި ތަޖުރިބާ:        ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:      

- ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ސެކްޝަންތަކުގެ، ފާހަނާތައް  ސާފުކުރުން

- ސްޓޮކަށް ގެނެވޭ ތަކެތި ސްޓަކަށް ވެއްދުމާއި، ސްޓޮކުންނަގާ މުދާތައް ސެކްޝަންތަކާ ހަވާލުކުރުން

- ކޮންފަރެސް ރޫމް އަދި ސައިކޮޓަރި ސާފުކުރުން

- އޮފީހުން/ ސެކްޝަންތަކުން ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ނުވަތަ ތަކެތި ކަމާ ބެހޭ ފަރާތްތަކަށް ހަވާލުކުރުން

- މީޓިންގ ތަކަށް ކޮފީ/ސައި ތައްޔާރުކުން

- އޮފީހުގެ މެއިންޓެނަންސް މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.

އެޕްލިކޭޝަން ފޯމު ހުށަހަޅަންވީ ތާރީޚު: 04 ސެޕްޓެންބަރު 2014 ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަވިއު ކުރުން:މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، (15 - 18 ސެޕްޓެންބަރު 2014) މި މުއްދަތު ތެރޭގައި އެންގޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 333 0411 ނަންބަރު ފޯނާއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv  އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާ ބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓުން ދިވެހި ސިވިލް ސަރވިސް އަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

28 ޝައްވާލް 1435

24 އޮގަސްޓް 2014
ހޯދާ