ދިވެހިރާއްޖެ
މިޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: މަސައްކަތު
މަޤާމުގެ ކްލެސިފިކޭޝަން ސަޕޯޓް ސްޓާފް ގްރޭޑް 1
ރޭންކް: މަސައްކަތު
ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން
މުސާރަ: -/3100ރ
ސަރވިސް އެލަވެންސް: -/1000ރ
އަދަދު: 2 (ދޭއް)
ތައުލީމާއި ތަޖުރިބާ: ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ސެކްޝަންތަކުގެ، ފާހަނާތައް ސާފުކުރުން
- ސްޓޮކަށް ގެނެވޭ ތަކެތި ސްޓަކަށް ވެއްދުމާއި، ސްޓޮކުންނަގާ މުދާތައް ސެކްޝަންތަކާ ހަވާލުކުރުން
- ކޮންފަރެސް ރޫމް އަދި ސައިކޮޓަރި ސާފުކުރުން
- އޮފީހުން/ ސެކްޝަންތަކުން ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ނުވަތަ ތަކެތި ކަމާ ބެހޭ ފަރާތްތަކަށް ހަވާލުކުރުން
- މީޓިންގ ތަކަށް ކޮފީ/ސައި ތައްޔާރުކުން
- އޮފީހުގެ މެއިންޓެނަންސް މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
އެޕްލިކޭޝަން ފޯމު ހުށަހަޅަންވީ ތާރީޚު: 04 ސެޕްޓެންބަރު 2014 ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ)
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.
އިންޓަވިއު ކުރުން:މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، (15 - 18 ސެޕްޓެންބަރު 2014) މި މުއްދަތު ތެރޭގައި އެންގޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 333 0411 ނަންބަރު ފޯނާއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާ ބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓުން ދިވެހި ސިވިލް ސަރވިސް އަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
28 ޝައްވާލް 1435