ދިވެހިރާއްޖެ
އެޖެންޑާކުރި ކަންތައް:
- ޕީ.އެސް.އައި.ޕީގެ ދަށުން ހިނަވާގެ އިމާރާތްކުރުމުގެ މަސައްކަތުގެ ބީލަމުގެ ރީފަންޑް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ބިންތަކުގެ ކުލި ރިވިއުކުރުމާއިމެދު މަޝްވަރާކުރުން
- ކައުންސިލުން ރަސްމީ ދަތުރެއް، މާލެއަށް ކުރުމާއިމެދު މަޝްވަރާކޮށް ގޮތެއް ނިންމުން
މައްސަލަ ނިންމެވިގޮތް
- ޕީ.އެސް.އައި.ޕީގެ ދަށުން ހިނަވާގެ އިމާރާތްކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް 2019 ސެޕްޓެމްބަރ 02 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)383/383/2019/56 އިއުލާނާއި 2021 ޖޫން 29ވަނަ ދުވަހު ކުރެވުނު ނަންބަރު(IUL)3838/383/2021/24 އިއުލާން ބާތިލްކުރެވިފައިވާތީ، ޙަވާލާދެވުނު 02 އިއުލާނާ ގުޅިގެން ބިޑް ޑޮކިއުމަންޓް ބައްލަވައިގެން، ބީލަން ހުށަހަޅުއްވާފައިވާ އެއްމެހާފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތްއަގު އަނބުރާ ރައްދުކުރުމަށް ނިންމި.
- ގަވާއިދު ނަންބަރު 2018/R-69 ( ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު) އަށް ގެނެވުނު 04 ވަނަ އިޞްލާޙްގެ ދަށުން ކޮޅުމަޑުލު ވިލުފުށިން ބިންދޫކުރެވޭ އެއްމެ ކުޑަ އަގު ރައްޔިތުންގެ މަޝްވަރާގެ މަތިން އަންނަނިގޮތަށް ފާސްކޮށް ނިންމި.
- އޮޑި ދޯނިފަހަރުގެ ކުދި މަރާމާތުގެ މަސައްކަތްތަކައް، ދޫކުރާ ބިމުގެ އަކަފޫޓަކަށް – ހިލޭ
- އަމިއްލަ ބޭނުމަށް، އަލަށް ބަންނަ ދޯނިފަހަރުގެ މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.05ލ
- އޮޑި ދޯނިފަހަރުގެ ބޮޑެތިމަރާމާތުގެ މަސައްކަތްތަކާއި، ވިޔަފާރި އުސޫލުން ފައިބަރު މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.10ލ
- މަސްވެރިކަމުގެ އުފެއްދުންތެރި މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.05ލ
- ގުދަންކުރުމަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.10ލ
- އާންމު ވިޔަފާރިތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.25ލ
- ތެލުގެ ވިޔަފާރިތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.35ލ
- ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.05ލ
- ސިނާއީ ލުއި މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.15ލ
- ސިނާއީ ބޮޑެތި މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.35ލ
- ތަރައްޤީގެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލުހޯދުމަށްޓަކައި ކައުންސިލްގެ ދެބޭފުޅަކު، އެއްހަފްތާގެ މުއްދަތަށްވުރެ ދިގުނޫން ދަތުރެއް މާލެއަށް ކުރުމަށް ނިންމި.
މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.