ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2022/23
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 21:07
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
09 މާރިޗް 2022 ވަނަ ދުވަހު ބޭއްވެވި ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ 4 ވަނަ ދައުރުގެ 44 ވަނަ ޢާއްމު ޖަލްސާގައި ނިންމެވި ކަންތައްތައް

އެޖެންޑާކުރި ކަންތައް:

  1. ޕީ.އެސް.އައި.ޕީގެ ދަށުން ހިނަވާގެ އިމާރާތްކުރުމުގެ މަސައްކަތުގެ ބީލަމުގެ ރީފަންޑް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  2. ބިންތަކުގެ ކުލި ރިވިއުކުރުމާއިމެދު މަޝްވަރާކުރުން
  3. ކައުންސިލުން ރަސްމީ ދަތުރެއް، މާލެއަށް ކުރުމާއިމެދު މަޝްވަރާކޮށް ގޮތެއް ނިންމުން

 

މައްސަލަ ނިންމެވިގޮތް

 

  1. ޕީ.އެސް.އައި.ޕީގެ ދަށުން ހިނަވާގެ އިމާރާތްކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް 2019 ސެޕްޓެމްބަރ 02 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)383/383/2019/56 އިއުލާނާއި 2021 ޖޫން 29ވަނަ ދުވަހު ކުރެވުނު ނަންބަރު(IUL)3838/383/2021/24  އިއުލާން ބާތިލްކުރެވިފައިވާތީ، ޙަވާލާދެވުނު 02 އިއުލާނާ ގުޅިގެން ބިޑް ޑޮކިއުމަންޓް ބައްލަވައިގެން، ބީލަން ހުށަހަޅުއްވާފައިވާ އެއްމެހާފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތްއަގު އަނބުރާ ރައްދުކުރުމަށް ނިންމި.
  2. ގަވާއިދު ނަންބަރު 2018/R-69 ( ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު) އަށް ގެނެވުނު 04 ވަނަ އިޞްލާޙްގެ ދަށުން ކޮޅުމަޑުލު ވިލުފުށިން ބިންދޫކުރެވޭ އެއްމެ ކުޑަ އަގު ރައްޔިތުންގެ މަޝްވަރާގެ މަތިން އަންނަނިގޮތަށް ފާސްކޮށް ނިންމި.

-          އޮޑި ދޯނިފަހަރުގެ ކުދި މަރާމާތުގެ މަސައްކަތްތަކައް، ދޫކުރާ ބިމުގެ އަކަފޫޓަކަށް – ހިލޭ

-          އަމިއްލަ ބޭނުމަށް، އަލަށް ބަންނަ ދޯނިފަހަރުގެ މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.05ލ

-          އޮޑި ދޯނިފަހަރުގެ ބޮޑެތިމަރާމާތުގެ މަސައްކަތްތަކާއި، ވިޔަފާރި އުސޫލުން ފައިބަރު މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.10ލ

-          މަސްވެރިކަމުގެ އުފެއްދުންތެރި މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.05ލ

-          ގުދަންކުރުމަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.10ލ

-          އާންމު ވިޔަފާރިތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.25ލ

-          ތެލުގެ ވިޔަފާރިތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.35ލ

-          ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.05ލ

-          ސިނާއީ ލުއި މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.15ލ

-          ސިނާއީ ބޮޑެތި މަސައްކަތްތަކަށް ދޫކުރާ ބިމުގެ އަކަފޫޓަކަށް – 0.35ލ

  1. ތަރައްޤީގެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލުހޯދުމަށްޓަކައި ކައުންސިލްގެ ދެބޭފުޅަކު، އެއްހަފްތާގެ މުއްދަތަށްވުރެ ދިގުނޫން ދަތުރެއް މާލެއަށް ކުރުމަށް ނިންމި.

މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 މާރިޗު 2022