ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ސައްލާ - ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، ކުޅުދުއްފުށީ ސިޓީގެ ކަނބަލުންނަށް އަމާޒުކޮށް "އަންހެނުންގެ ސައްލާ" ނަމުގައި ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވޭ ފުރަތަމަ ބައްދަލުވުން އޮންނާނީ 11 އަދި 12 މާރޗް 2022 މިދެދުވަހު 20:30 ން 22:30 އެން.އޯ.ސީ ހޯލުގައެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްދެއްވުމަށް ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެލައްވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުންނެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވޭނޭ މަޢުލޫތައް:                 

  • އަންހެނުންގެ އަސާސީ ހައްޤުތަކަށް ހޭލުންތެރި ކުރުވުން
  • ގެވެށިއަނިޔާ އާއި ކުޑަކުދިންނަށް ކުރާ ގޯނާއާ ބެހޭގޮތުން ހެދިފައިހުރި ޤާނޫނުތައް
  • އަންހެނުންގެ ހައްޤުތައް ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ 18 އަހަރުން މަތީގެ ކަނބަލުން، 09 މާރޗް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކުރައްވާ ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ.

https://forms.gle/hFHz5FkrA45UMW3F7

07 މާރިޗު 2022
ހޯދާ