ދެންނެވުން
ނަންބަރު: (IUL)266-D/266/2022/32
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި:
09 މާރިޗު 2022 12:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންހެނުންގެ ސައްލާ - ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، ކުޅުދުއްފުށީ ސިޓީގެ ކަނބަލުންނަށް އަމާޒުކޮށް "އަންހެނުންގެ ސައްލާ" ނަމުގައި ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވޭ ފުރަތަމަ ބައްދަލުވުން އޮންނާނީ 11 އަދި 12 މާރޗް 2022 މިދެދުވަހު 20:30 ން 22:30 އެން.އޯ.ސީ ހޯލުގައެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްދެއްވުމަށް ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެލައްވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުންނެވެ.
ބައްދަލުވުމުގައި މަޝްވަރާކުރެވޭނޭ މަޢުލޫތައް:
- އަންހެނުންގެ އަސާސީ ހައްޤުތަކަށް ހޭލުންތެރި ކުރުވުން
- ގެވެށިއަނިޔާ އާއި ކުޑަކުދިންނަށް ކުރާ ގޯނާއާ ބެހޭގޮތުން ހެދިފައިހުރި ޤާނޫނުތައް
- އަންހެނުންގެ ހައްޤުތައް ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ 18 އަހަރުން މަތީގެ ކަނބަލުން، 09 މާރޗް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކުރައްވާ ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ.
07 މާރިޗު 2022