ދިވެހިރާއްޖެ
| މަޤާމް :ވޮލަންޓިއަރކޮށް މަސައްކަތްކުރާނޭ ފަރާތްތައް ބޭނުންވެއްޖެ | |
|---|---|
| ބޭނުންވާ އަދަދު :5 | |
މި ހޮސްޕިޓަލުގައި ވޮލަންޓިއަރކޮށް މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެ
މި ހޮސްޕިޓަލްގައި ވޮލަންޓިއަރކޮށ ޑާޓާ އެންޓްރީ އެސިސްޓެންޓުންގެގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންެވެއްޖެއެވެ. މި މަސައްކަތްކުރައްވާ ފަރާތްތަކުން މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 6 ދުވަހު އެވެ.
ބޭނުންވާ އަދަދު: 5 (ފަހެއް)
މަސައްކަތްކުރަޖެހޭ ގަޑި : ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް
ޝަރުތު: ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތުން.
އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މުއާމަލާތްކުރުމުގެ ހުނަރު
- އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭފަދަ މީހަކަށްވުން.
- މީހުންނާއި ގުޅޭ "ޕޮޒިޓީވް އެޓިޓިއުޑް"ގެ މީހަކަށްވުން.
މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:
- މަސައްކަތާއި ގުޅުން ހުރި މައިލޫމާތުގެ ސިއްރު ހިފެހެއްޓުން
- ޑިޕާޓްމަންޓަށް ހަވާލު ލުރެވޭ ނޯޓް އަދި ފައިލް ފަދަ ތަކެތި އޯގަނައިޒްކޮށް ބެލެހެއްޓުން
- ރިސާރޗް ކޯޑިނޭޓަރ އަދި ފިޒީޝަން ރިސާރޗަށް މައުލޫމާތު އެއްކުރުމުގައި އެހީތެރިވުން
- ޕްރޮފެޝަނަލް ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.
- ހަވާލު ކުރެވޭ އެންމެހާ އިދާރީ މަސައްކަތްތައް ފުރިހަމަގޮތުގައި ނިންމުން
- އޮންލައިން ކޮށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަ ކުރުމުގައި އެހީތެރިވެދިނުން
- ޕްރެޖެކްޓާއި ގުޅުންހުރި މީޓިންގެ، ސެމިނަރ އަދި އިވެންޓުތަކުގައި ބައިވެރިވުން
- ޑިޕާޓްމަންޓުން ހަވާލުކުރާ ލިޔުން ، ރިޕޯޓް އަދި ޕްރެސެންޓޭޝަން ތައްޔާރުކުރުން
- އަދި ޑިޕާޓްމަންޓުން ހަވާލު ކުރާ އެންމެހާ މަސައްކަތްތައް ފަރުވާތެރިކަމާއި އެކު ނިންމުން
ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ސިޓީއަކުން 13 މާރޗް 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]
- ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސްޓޭމްޕް ސައިޒްގެ ފޮޓޯ (ވައިޓް ބެކްރައުންޑް)
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335498 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.
4 ޝައުބާން 1443
07 މާރޗް 2022
