ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2022/56
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 13 މާރިޗު 2022 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޮލަންޓިއަރކޮށް މަސައްކަތްކުރާނޭ ފަރާތްތައް ބޭނުންވެއްޖެ

މަޤާމް :ވޮލަންޓިއަރކޮށް މަސައްކަތްކުރާނޭ ފަރާތްތައް ބޭނުންވެއްޖެ
ބޭނުންވާ އަދަދު :5

މި ހޮސްޕިޓަލުގައި ވޮލަންޓިއަރކޮށް މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެ

 

މި ހޮސްޕިޓަލްގައި ވޮލަންޓިއަރކޮށ ޑާޓާ އެންޓްރީ އެސިސްޓެންޓުންގެގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންެވެއްޖެއެވެ. މި މަސައްކަތްކުރައްވާ ފަރާތްތަކުން   މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ  ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 6 ދުވަހު އެވެ.  

 ބޭނުންވާ އަދަދު:   5 (ފަހެއް)

މަސައްކަތްކުރަޖެހޭ ގަޑި : ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް

                     ޝަރުތު:      ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތުން.

އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • މުއާމަލާތްކުރުމުގެ ހުނަރު
  • އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭފަދަ މީހަކަށްވުން.
  • މީހުންނާއި ގުޅޭ "ޕޮޒިޓީވް އެޓިޓިއުޑް"ގެ މީހަކަށްވުން.

މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މަސައްކަތާއި ގުޅުން ހުރި މައިލޫމާތުގެ ސިއްރު ހިފެހެއްޓުން
  • ޑިޕާޓްމަންޓަށް ހަވާލު ލުރެވޭ ނޯޓް އަދި ފައިލް ފަދަ ތަކެތި އޯގަނައިޒްކޮށް ބެލެހެއްޓުން
  • ރިސާރޗް ކޯޑިނޭޓަރ އަދި ފިޒީޝަން ރިސާރޗަށް މައުލޫމާތު އެއްކުރުމުގައި އެހީތެރިވުން
  • ޕްރޮފެޝަނަލް ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.
  • ހަވާލު ކުރެވޭ އެންމެހާ އިދާރީ މަސައްކަތްތައް ފުރިހަމަގޮތުގައި ނިންމުން
  • އޮންލައިން ކޮށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތްތައް  ފުރިހަމަ ކުރުމުގައި އެހީތެރިވެދިނުން
  • ޕްރެޖެކްޓާއި ގުޅުންހުރި މީޓިންގެ، ސެމިނަރ އަދި އިވެންޓުތަކުގައި ބައިވެރިވުން
  • ޑިޕާޓްމަންޓުން ހަވާލުކުރާ ލިޔުން ، ރިޕޯޓް އަދި ޕްރެސެންޓޭޝަން ތައްޔާރުކުރުން
  • އަދި ޑިޕާޓްމަންޓުން ހަވާލު ކުރާ އެންމެހާ މަސައްކަތްތައް ފަރުވާތެރިކަމާއި އެކު ނިންމުން

   ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު  ސިޓީއަކުން 13 މާރޗް 2022  ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]   

  1. ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސްޓޭމްޕް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335498 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.

4 ޝައުބާން 1443  

07 މާރޗް 2022

07 މާރިޗު 2022