މަޤާމް:
|
ލީގަލް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ސެކްޝަން:
|
ލީގަލް ސެކްޝަން
|
މުސާރަ އާއި އެލަވަންސް:
|
14,077.50 ރ
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުތު:
|
1. ޤާނޫނީ ނުތަވަ ޝަރުޢީ ދާއިރާއިން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
2. ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުމާއެކު ޤާނޫނީ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
ލީގަލް ސެކްޝަންގެ އެހެން މުވައްޒަފުންނާއެކު އެ ސެކްޝަންގެ އެންމެހައި މަސައްކަތެއް ކުރުން، މީގެ ތެރޭގައި؛
- ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރ2/2001 އާއި 2012/2 ގެ ދަށުން މަދަނީ ވައިގެދަތުރުފަތުރާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި އިސްލާހުކުރުމާއިި ހިންގާ، ވިލަރެސްކޮށް ބެލެހެއްޓުން
- ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ވައިގެދަތުރުފަތުރާބެހޭ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގެ ވައިގެދަތުރުފަތުރާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް ޤާނޫނުތަކާ އެއްގޮތަށް ހުރިތޯބަލައި ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރުމާއި ޤާނޫނާއި ގަވާއިދު ހަދާ އިސްލާހުކުރުން
- ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ރާއްޖެއާއި ބޭރުގައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ ސޮއިކުރެވޭ އެއްބަސްވުންތަކާއި ލިޔުންތައް ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްތޯ ބަލައި ދިރާސާކުރުމާއި، އެއްބަސްވުންތައް ހެދުމާއި ވިލަރެސްކޮށް ބެލެހެއްޓުން
- ރާއްޖޭގެ ވައިގެދަތުރުފަތުރާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމާބެހޭ ގޮތުން މަޝްވަރާކޮށް، އެފަދަ ކަންކަން އިންތިޒާމްކޮށް ތަންފީޒު ކުރުމުން
- ރާއްޖޭގައި ރަޖިސްޓްރީކުރާ ވައިގެ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި އެފަދަ އުޅަނދުފަހަރުގެ މޯގޭޖް ރަޖިސްޓްރީ ކުރުމާބެހޭ ގޮތުން ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުން
- ވައިގެ ދަތުރުފަތުރާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ އަދި އޮފީހުން ކުރާ އޯޑިޓުތަކާއި އިންސްޕެކްޝަންތަކުގައި އެހީތެރިވުން
- މީގެ އިތުރުންވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މަސައްކަތް ތަކުގައި ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު ދިނުން
- ވައިގެ ދަތުރުފަތުރާ ބެހޭގޮތުން ޝަރުޢީ ކަންތައްތަކުގައި ނުވަތަ ޝަރުޢީ ކޯޓުތަކުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ ތަމްސީލު ކުރުން
- މިނޫންވެސް ލީގަލް ސެކްޝަނާ ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން
|
ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
- އޭވިއޭޝަން ޤާނޫނުތަކާބެހޭ ޢިލްމު ލިބިފައިވުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:
|
17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.
|
ހުށަހަޅަންޖެހޭ ލިޔުން:
|
- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވުން)
|
އިންޓަރވިއު ކުރުން:
|
އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|
ނޯޓް:
|
- އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
|