ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2022/6
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 17 މާރިޗު 2022 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މަޤާމް:

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

ލީގަލް ސެކްޝަން

މުސާރަ އާއި އެލަވަންސް:

14,077.50 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1. ޤާނޫނީ ނުތަވަ ޝަރުޢީ ދާއިރާއިން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2. ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުމާއެކު ޤާނޫނީ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

ލީގަލް ސެކްޝަންގެ އެހެން މުވައްޒަފުންނާއެކު އެ ސެކްޝަންގެ އެންމެހައި މަސައްކަތެއް ކުރުން، މީގެ ތެރޭގައި؛

  1. ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރ2/2001  އާއި 2012/2 ގެ ދަށުން މަދަނީ ވައިގެދަތުރުފަތުރާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި އިސްލާހުކުރުމާއިި ހިންގާ، ވިލަރެސްކޮށް ބެލެހެއްޓުން
  2. ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ވައިގެދަތުރުފަތުރާބެހޭ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގެ ވައިގެދަތުރުފަތުރާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް ޤާނޫނުތަކާ އެއްގޮތަށް ހުރިތޯބަލައި ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރުމާއި ޤާނޫނާއި ގަވާއިދު ހަދާ އިސްލާހުކުރުން
  3. ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ރާއްޖެއާއި ބޭރުގައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ ސޮއިކުރެވޭ އެއްބަސްވުންތަކާއި ލިޔުންތައް ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްތޯ ބަލައި ދިރާސާކުރުމާއި، އެއްބަސްވުންތައް ހެދުމާއި ވިލަރެސްކޮށް ބެލެހެއްޓުން
  4. ރާއްޖޭގެ ވައިގެދަތުރުފަތުރާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމާބެހޭ ގޮތުން މަޝްވަރާކޮށް، އެފަދަ ކަންކަން އިންތިޒާމްކޮށް ތަންފީޒު ކުރުމުން
  5. ރާއްޖޭގައި ރަޖިސްޓްރީކުރާ ވައިގެ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި އެފަދަ އުޅަނދުފަހަރުގެ މޯގޭޖް ރަޖިސްޓްރީ ކުރުމާބެހޭ ގޮތުން ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުން
  6. ވައިގެ ދަތުރުފަތުރާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ އަދި އޮފީހުން ކުރާ އޯޑިޓުތަކާއި އިންސްޕެކްޝަންތަކުގައި އެހީތެރިވުން
  7. މީގެ އިތުރުންވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މަސައްކަތް ތަކުގައި ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު ދިނުން
  8. ވައިގެ ދަތުރުފަތުރާ ބެހޭގޮތުން ޝަރުޢީ ކަންތައްތަކުގައި ނުވަތަ ޝަރުޢީ ކޯޓުތަކުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ ތަމްސީލު ކުރުން
  9. މިނޫންވެސް ލީގަލް ސެކްޝަނާ ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން

 

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  1. މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
  2. އޭވިއޭޝަން ޤާނޫނުތަކާބެހޭ ޢިލްމު ލިބިފައިވުން

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.

 

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވުން)

 

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.

 

06 މާރިޗު 2022