ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި އޮފީހުގައި ހުރި އެއަރ ކޮންޑިޝަން (އިންޑޯރ އާއި އައުޓްޑޯރ) ޔުނިޓްތައް ސާރވިސްކޮށް (މިއޮފީހުން ދޭ މައުލޫމާތާ އެއްގޮތަށް) ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 13:30އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމައެކަނި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު (ADM-MPL/2014/96 -ފ23 ޖޫން 2014) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.
02 ޛުލްޤަޢިދާ 1435