މަސައްކަތް
ނަންބަރު: ADM-MPL/2014/101
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 04 ސެޕްޓެންބަރު 2014 13:30
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެއަރ ކޮންޑިޝަން ޔުނިޓްތައް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮފީހުގައި ހުރި އެއަރ ކޮންޑިޝަން (އިންޑޯރ އާއި އައުޓްޑޯރ) ޔުނިޓްތައް ސާރވިސްކޮށް (މިއޮފީހުން ދޭ މައުލޫމާތާ އެއްގޮތަށް) ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 13:30އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމައެކަނި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު (ADM-MPL/2014/96 -ފ23 ޖޫން 2014) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

02 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014