މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ، މާރކެޓިން އެންޑް ބިޒްނަސް ޑިވަލޮޕްމެންޓް

 (IUL)MHCL-HRM/1/2022/2 : ނަންބަރު

އިޢުލާނު

މި ކުންފުނީގެ ' ސީނިއާރ އޮފިސާރ، މާރކެޓިންގ އެންޑް ބިޒްނަސް ޑިވަލޮޕްމަންޓް'ގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ކުންފުނީގެ ފަރާތުން 17 ފެބްރުއަރީ 2022 ގައި ކޮށްފައިވާ ނަންބަރު IUL)MHCL-HRM/1/2022/1) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ސީނިއަރ އޮފިސަރ، މާރކެޓިން އެންޑް ބިޒްނަސް ޑިވަލޮޕްމެންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރާއާއި ޢިނާޔަތްތައް:

14,550  13,200 -ރުފިޔާއާ ދެމެދު

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް ،  މާރކެޓިން ، ފައިނޭންސް ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ މަތީ ސެޓްފިކެޓެއް ޙާޞިލްކޮށް ފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް  އޮފީސް ޕެކޭޖް ބޭނުން ކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކުންފުނީގެ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، ޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ކުންފުނީގެ ބިޒްނަސް ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ދިރާސާކުރުން
  • ކުންފުނީން ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އާ ޕްރޮޑަކްޓްތަށް އުފައްދައި ތަރައްގީކުރުމާއި، ތައާރަފުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ކުންފުނިން ތައްޔާރުކުރާ އެހެންނިހެން ރިޕޯޓްތަކަށް ބޭނުންވާ ތަފާސް ހިސާބުތައް ހޯދުމާއި ބެލެހެއްޓުން. 
  • ކުންފުނީން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި މާރކެޓް ރިސަރޗްތައް ކުރިއަށް ގެންދިއުން.
  • ކުންފުނީން ފޯރުކޮށްދޭ ޚިދުމަތްތައް މާކެޓްކޮށް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ކުންފުނިން ބޭނުންކުރާ މާކެޓިންގ މެޓީރިއަލްސް ތަކުގެ ކޮންސެޕްޓް ތައްޔާރުކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ކުރުން.
  • ކުންފުނީން ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މީޑިއާއި ކޯޕަރޭޝަންގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއާއިން ރައްޔިތުންނަށް ފޯރުކޮށްދިނުން.
  • ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ރާވާ ހިންގުން
  • އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 07 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން  ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ކުންފުނީގެ ނަންބަރު(IUL)MHCL-HRM/1/2022/1  އިޢުލާނަށް އިޖާބަދީ ވަޒީފާއަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

01 މާރިޗު 2022
ހޯދާ