ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2022/2
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 16:54
ސުންގަޑި:
07 މާރިޗު 2022 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
(IUL)MHCL-HRM/1/2022/2 : ނަންބަރު
އިޢުލާނު
މި ކުންފުނީގެ ' ސީނިއާރ އޮފިސާރ، މާރކެޓިންގ އެންޑް ބިޒްނަސް ޑިވަލޮޕްމަންޓް'ގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ކުންފުނީގެ ފަރާތުން 17 ފެބްރުއަރީ 2022 ގައި ކޮށްފައިވާ ނަންބަރު IUL)MHCL-HRM/1/2022/1) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަޤާމު:
|
ސީނިއަރ އޮފިސަރ، މާރކެޓިން އެންޑް ބިޒްނަސް ޑިވަލޮޕްމެންޓް
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މުސާރާއާއި ޢިނާޔަތްތައް:
|
14,550 13,200 -ރުފިޔާއާ ދެމެދު
|
ފެންވަރު ނުވަތަ ޝަރުތު:
|
- ބިޒްނަސް މެނޭޖްމަންޓް ، މާރކެޓިން ، ފައިނޭންސް ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ މަތީ ސެޓްފިކެޓެއް ޙާޞިލްކޮށް ފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ބޭނުން ކުރަން އެނގުން.
- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ކުންފުނީގެ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، ޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކުންފުނީގެ ބިޒްނަސް ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ދިރާސާކުރުން
- ކުންފުނީން ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އާ ޕްރޮޑަކްޓްތަށް އުފައްދައި ތަރައްގީކުރުމާއި، ތައާރަފުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
- ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ކުންފުނިން ތައްޔާރުކުރާ އެހެންނިހެން ރިޕޯޓްތަކަށް ބޭނުންވާ ތަފާސް ހިސާބުތައް ހޯދުމާއި ބެލެހެއްޓުން.
- ކުންފުނީން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި މާރކެޓް ރިސަރޗްތައް ކުރިއަށް ގެންދިއުން.
- ކުންފުނީން ފޯރުކޮށްދޭ ޚިދުމަތްތައް މާކެޓްކޮށް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ކުންފުނިން ބޭނުންކުރާ މާކެޓިންގ މެޓީރިއަލްސް ތަކުގެ ކޮންސެޕްޓް ތައްޔާރުކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ކުރުން.
- ކުންފުނީން ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މީޑިއާއި ކޯޕަރޭޝަންގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއާއިން ރައްޔިތުންނަށް ފޯރުކޮށްދިނުން.
- ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ރާވާ ހިންގުން
- އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
މަސައްކަތުގެ ވަގުތު:
|
މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)
(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
|
ސުން ގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 07 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މި ކުންފުނީގެ ނަންބަރު(IUL)MHCL-HRM/1/2022/1 އިޢުލާނަށް އިޖާބަދީ ވަޒީފާއަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|