މަޤާމުގެ ނަން:
|
ޑިރެކްޓަރ- އެކައުންޓްސް އެންޑް ފައިނޭންސް
|
ބޭނުންވާ ޢަދަދު
|
1
|
ކްލެސިފިކޭޝަން:
|
ޑިރެކްޓަރ، ގްރޭޑް D1
|
އަސާސީ މުސާރަ:
|
-/9,450 ރ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިިގެ %35
|
ޑެއިލީ ސަރވިސް އެލަވަންސް:
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/300ރ.
|
ފޯން އެލަވަންސް:
|
ބަޖެޓް ސަރކިއުލަރ ނަންބަރު E2/CIR/2011/25-13 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.
|
މައިގަނޑު މަސަައްކަތްތައް:
|
- އެކައުންޓްސް އެންޑް ފައިނޭންސް ޑިޕާޓްމަންޓްގެ މަސައްކަތްތައް ރާވާއި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުން.
- ކޮމިޝަނުގެ އަހަރީ ބަޖެޓު ތައްޔާރުކުރުން.
- ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް އިންތިޒާމްކޮށް ބަލަހައްޓައި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.
- ކޮމިޝަންގެ ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓާއި މާލީ ބަޔާން ތައްޔާރުކުރުން.
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބަޖެޓް ބެލެހެއްޓުމާއި ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
- ބަޖެޓާގުޅޭގޮތުން މެންބަރުންނަށް ލަފާދިނުން.
- ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ހަމަޖެހިފައިވާ އުޞޫލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
- މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- ފައިނޭންސް މެނޭޖްމަންޓް، އެކައުޓިންގ ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
- ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ފައިނޭންސް މެނޭޖްމަންޓް، އެކައުޓިންގ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
- ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ނަން:
|
ސީނިއަރ ލީގަލް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
1
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ، ގްރޭޑް S01
|
އަސާސީ މުސާރަ:
|
-/7,350ރ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިިގެ %35
|
ޑެއިލީ ސަރވިސް އެލަވަންސް:
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/275ރ.
|
ފޯން އެލަވަންސް:
|
ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
ކޮމިޝަނުގެ ޤާނޫނީ މަސައްކަތްކުރުމާއި އިންވެސްޓިގޭޓްކުރުން
|
މައިގަނޑު މަސަައްކަތްތައް:
|
- ކޮމިޝަންގެ އެންމެހައި ލީގަލް ކަންތައްތައް ހިންގައި ބެލެހެއްޓުން.
- އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތައް ދިރާސާކޮށް، ޤާނޫނީ ލަފާ ދީ އެކަންތައްތަކާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި މައްސަލަތަކާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައްކުރުން.
- ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް މެންބަރުންނަށް ހުށަހެޅުން.
- ކޮމިޝަނަށް ދަޢުވާލިބޭ ގޮތަށް ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް ފަދަ ތަންތަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެތަންތަނުގައި ކޮމިޝަން ތަމްސީލު ކުރުމާއި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.
- އޮފީހުގެ މަސައްކަތާ ގުޅުން ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތަކާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
- މަޤާމުގެ މަސްއޫލިއްޔަތާގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- ޤާނޫނީ ދާއިރާއިން ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައިި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ޤާނޫނީ ދާއިރާއިން ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައިި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ނަން:
|
ސީނިއަރ އައި.ޓީ އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
1
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ، ގްރޭޑް S01
|
އަސާސީ މުސާރަ:
|
-/7,350ރ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިިގެ %35
|
ޑެއިލީ ސަރވިސް އެލަވަންސް:
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250ރ.
|
ފޯން އެލަވަންސް:
|
ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
އައި.ޓީއާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން
|
މައިގަނޑު މަސަައްކަތްތައް:
|
- ސިސްޓަމްސްް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
- ކޮމްޕިއުޓަރ ނެޓްވާރކް، ސަރވަރ އަދި ކޮމްޕިއުޓަރ ނެޓްވާރކަށް ގުޅިފައިވާ ޕީ.ސީ ތަކާއި ޕްރިންޓަރ، ސްކޭނަރ ފަދަތަކެތި މެއިންޓެއިން ކޮށް، ބެކަޕްކޮށް ބެލެހެއްޓުން.
- ނެޓްވާރކް ބޭނުން ކުރުމުގައި ދިމާވާ މައްސަލަތަކުގައި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި މުވައްޒަފުންނަށް ދިމާވާ އައި.ޓީ މައްސަލަތައް ހައްލުކޮށްދިނުން.
- ކޮމިޝަނުގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރތައް ދެނެގަނެ އެސޮފްޓްވެއަރތައް ހޯދުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބެލުން އަދި ސްފްޓްވެއަރ ގަތުމުގެ ކުރިން ޕްރޮކިއުމަންޓް ޔުނިޓަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން.
- އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް އިތުރަށް ފުޅާކުރުމާއި ތަރައްޤީ ކުރެވޭނެ ގޮތްތައް ދިރާސާކޮށް ޕްލޭން ކުރުން.
- އައި.ޓީ ސިސްޓަމް ތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށް ބޭނުންވާ ތަމްރީނުތައް ހިންގުން.
- ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުން.
- މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|