ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)455/1/2014/1004
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 11 ސެޕްޓެންބަރު 2014 13:30
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއެވެ.

މި ކޮމިޝަނަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމުގެ ނަން:

ޑިރެކްޓަރ-   އެކައުންޓްސް އެންޑް ފައިނޭންސް

ބޭނުންވާ ޢަދަދު

1

ކްލެސިފިކޭޝަން:

ޑިރެކްޓަރ، ގްރޭޑް D1

އަސާސީ މުސާރަ:

-/9,450 ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35 

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/300ރ.        

ފޯން އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު E2/CIR/2011/25-13 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން

މަޤާމުގެ މަސްއޫލިއްޔަތު:

ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

މައިގަނޑު މަސަައްކަތްތައް:

  1. އެކައުންޓްސް އެންޑް ފައިނޭންސް ޑިޕާޓްމަންޓްގެ މަސައްކަތްތައް ރާވާއި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުން.
  2. ކޮމިޝަނުގެ އަހަރީ ބަޖެޓު ތައްޔާރުކުރުން.
  3. ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް އިންތިޒާމްކޮށް ބަލަހައްޓައި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.
  4. ކޮމިޝަންގެ ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓާއި މާލީ ބަޔާން ތައްޔާރުކުރުން.
  5. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބަޖެޓް ބެލެހެއްޓުމާއި ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
  6. ބަޖެޓާގުޅޭގޮތުން މެންބަރުންނަށް ލަފާދިނުން.
  7. ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ހަމަޖެހިފައިވާ އުޞޫލުން  ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
  8.  މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

  • ފައިނޭންސް މެނޭޖްމަންޓް، އެކައުޓިންގ ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ފައިނޭންސް މެނޭޖްމަންޓް، އެކައުޓިންގ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ނަން:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް S01

އަސާސީ މުސާރަ:

-/7,350ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/275ރ.

ފޯން އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން.

މަޤާމުގެ މަސްއޫލިއްޔަތު:

ކޮމިޝަނުގެ ޤާނޫނީ މަސައްކަތްކުރުމާއި އިންވެސްޓިގޭޓްކުރުން

މައިގަނޑު މަސަައްކަތްތައް:

  1. ކޮމިޝަންގެ  އެންމެހައި ލީގަލް ކަންތައްތައް ހިންގައި ބެލެހެއްޓުން.
  2. އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތައް ދިރާސާކޮށް، ޤާނޫނީ ލަފާ ދީ އެކަންތައްތަކާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  3. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި މައްސަލަތަކާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  4. ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައްކުރުން.
  5. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް މެންބަރުންނަށް ހުށަހެޅުން.
  6. ކޮމިޝަނަށް ދަޢުވާލިބޭ ގޮތަށް ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް ފަދަ ތަންތަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެތަންތަނުގައި ކޮމިޝަން ތަމްސީލު ކުރުމާއި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.
  7. އޮފީހުގެ މަސައްކަތާ ގުޅުން ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތަކާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
  8. މަޤާމުގެ މަސްއޫލިއްޔަތާގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

  • ޤާނޫނީ ދާއިރާއިން ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައިި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • ޤާނޫނީ ދާއިރާއިން ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައިި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ނަން:

ސީނިއަރ އައި.ޓީ އޮފިސަރ

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް S01

އަސާސީ މުސާރަ:

-/7,350ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250ރ.

ފޯން އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން.

މަޤާމުގެ މަސްއޫލިއްޔަތު:

 އައި.ޓީއާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން

މައިގަނޑު މަސަައްކަތްތައް:

  1. ސިސްޓަމްސްް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  2. ކޮމްޕިއުޓަރ ނެޓްވާރކް، ސަރވަރ އަދި ކޮމްޕިއުޓަރ ނެޓްވާރކަށް ގުޅިފައިވާ ޕީ.ސީ ތަކާއި ޕްރިންޓަރ، ސްކޭނަރ ފަދަތަކެތި މެއިންޓެއިން ކޮށް، ބެކަޕްކޮށް ބެލެހެއްޓުން.
  3. ނެޓްވާރކް ބޭނުން ކުރުމުގައި ދިމާވާ މައްސަލަތަކުގައި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި މުވައްޒަފުންނަށް ދިމާވާ އައި.ޓީ މައްސަލަތައް ހައްލުކޮށްދިނުން.
  4. ކޮމިޝަނުގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރތައް ދެނެގަނެ އެސޮފްޓްވެއަރތައް ހޯދުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބެލުން އަދި ސްފްޓްވެއަރ ގަތުމުގެ ކުރިން ޕްރޮކިއުމަންޓް ޔުނިޓަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން.
  5. އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް އިތުރަށް ފުޅާކުރުމާއި ތަރައްޤީ ކުރެވޭނެ ގޮތްތައް ދިރާސާކޮށް ޕްލޭން ކުރުން.
  6. އައި.ޓީ ސިސްޓަމް ތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށް ބޭނުންވާ ތަމްރީނުތައް ހިންގުން.
  7. ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުން.
  8. މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

  • އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ނަން:

ސަރވިސް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

ސަރވިސް އެސިސްޓެންޓް، ގްރޭޑް SA1

އަސާސީ މުސާރަ:

2,257/50ރ.

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/125ރ.

ފޯނު އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން

މަޤާމުގެ މަސްއޫލިއްޔަތު:

ފޮޅައި ސާފުކުރުމާއި ސިޓީ، ނޯޓް، ރިޕޯޓް ފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކޮށް ދިނުން

މައިގަނޑު މަސަައްކަތްތައް:

  1. ކޮމިޝަން ހިނގަމުންދާ އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. ކޮމިޝަނުގައި ބޭއްވޭ ބައްދަލުވުންތަކަށް ސައި އަދި ކޮފީ ފަދަ ތަކެތި ތައްޔާރުކުރުމާއި އެކަންކަމާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
  3. ކޮމިޝަނުން ފޮނުވާ ސިޓީ ފަދަ ތަކެތި ފޮނުވަން ޖެހޭ ތަންތަނަށް ގެންގޮސް ދިނުން.
  4. މަޤާމުގެ މަސްއޫލިއްޔަތާގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • މަޤާމުގެ ވާޖިބުތައް އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރުމާއެކު އެމަސައްކަތްތައްކުރުމުގެ ޤާބިލްކަން ހުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަަމަންޑޭޝަން ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
  •  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

 

 

 

 

  • 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 1:30 ގެ ކުރިން ތިރީގައިވާ ­އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކޮށި (ނަމޫނާ ހައުސިންގ ޔުނިޓް)

އަމީނީމަގު, މާފަންނު، މާލެ 20392، ދިވެހިރާއްޖެ

އިންޓަވިއުކުރުން:

  • މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަތީގައިވާ މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކުގެ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ކުށުގެ ރިކޯޑަށް ބެލުމަށްފަހުގައެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ކޮމިޝަނުގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެެމެވެ.

 

 

 

 

24 އޮގަސްޓް 2014