ދިވެހިރާއްޖެ
މި ރަށު "މަންޒިލުއްސަޢާދާ" ގޯތީގެ ހުޅަނގުން އޮތް ބިމުގައިހުރި ރުއްތަކުގެ ތެރެއިން ރަތްކުލައިގެ ދަވާދުން ( 1 އިން 40 އަށް ) ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.
ވީމާ، އެ ސަރަޙައްދުގައި ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއްގެ މިލްކުވެރި ފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއްގައިވާ ނަންބަރު އެނގޭގޮތަށް 2022 މާރިޗް 10 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް އެންގެވުން އެދެމެވެ. އަދި ދަންނަވަމެވެ. މި ސަރަހައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމަށް މި އިދާރާގެ ނަންބަރު: (IUL)408-ESMS/408/2019/03 އިޢުލާނުން މީގެކުރިންވެސްވާނީ އިޢުލާން ކުރެވިފައެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިލްކުވެރިކަމާމެދު ހުށަހަޅާފައިނުވާ އެއްވެސް ރުކެއްވާނަމަ، އެ ރުކެއް ބަލާނީ ބަންޑާރަ ރުކެއް ކަމުގައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ ޢިއުލާން ކުރީމެވެ.