ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2022/12
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 10 މާރިޗު 2022 12:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިން ހޯދުމާގުޅޭ

           މި ރަށު "މަންޒިލުއްސަޢާދާ" ގޯތީގެ ހުޅަނގުން އޮތް ބިމުގައިހުރި ރުއްތަކުގެ ތެރެއިން ރަތްކުލައިގެ ދަވާދުން ( 1 އިން 40 އަށް ) ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

           ވީމާ، އެ ސަރަޙައްދުގައި ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއްގެ މިލްކުވެރި ފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއްގައިވާ ނަންބަރު އެނގޭގޮތަށް  2022 މާރިޗް 10  ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް އެންގެވުން އެދެމެވެ. އަދި ދަންނަވަމެވެ. މި ސަރަހައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމަށް މި އިދާރާގެ ނަންބަރު: (IUL)408-ESMS/408/2019/03 އިޢުލާނުން މީގެކުރިންވެސްވާނީ އިޢުލާން ކުރެވިފައެވެ.

           ވީމާ، މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިލްކުވެރިކަމާމެދު ހުށަހަޅާފައިނުވާ އެއްވެސް ރުކެއްވާނަމަ، އެ ރުކެއް ބަލާނީ ބަންޑާރަ ރުކެއް ކަމުގައެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ ޢިއުލާން ކުރީމެވެ.

27 ފެބުރުވަރީ 2022