މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1. ކައުންސިލުން މަގުތަކުގައާއި އިމާރާތްތަކުގައި ކުރަންޖެހޭ އެންމެހާ ކަރަންޓުގެ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުން
- ކައުންސިލުން މަގުތަކުގައާއި އިމާރާތްތަކުގައި ކުރަންޖެހޭ އެންމެހާ ކަރަންޓުގެ ކަންކަން ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 22 ފެބްރުއަރީ 2022ން 02 މާރިޗް 2022އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30ން 13:00ށް މި އިދާރާއަށް ފޯނުން ގުޅައިގެންނެވެ.
- ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަކީ މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށް، ވިޔަފާރީގެދަށުން ދެންނެވިފައިވާ މަސައްކަތް ކުރުމުގެ ހުއްދަލިބިފައިވާ ފަރާތަކަށް ވާއްޖެހެއެވެ.
- މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 22 ފެބްރުއަރީ 2022ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 02 މާރިޗް 2022ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 03 މާރިޗް 2022ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިން ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
21 ފެބުރުވަރީ 2022
ހޯދާ