ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)332-MS/332/2022/21
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 03 މާރިޗު 2022 11:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1. ކައުންސިލުން މަގުތަކުގައާއި އިމާރާތްތަކުގައި ކުރަންޖެހޭ އެންމެހާ ކަރަންޓުގެ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުން

  1. ކައުންސިލުން މަގުތަކުގައާއި އިމާރާތްތަކުގައި ކުރަންޖެހޭ އެންމެހާ ކަރަންޓުގެ ކަންކަން ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 22 ފެބްރުއަރީ 2022ން 02 މާރިޗް 2022އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30ން 13:00ށް މި އިދާރާއަށް ފޯނުން ގުޅައިގެންނެވެ.  
  3. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަކީ މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށް، ވިޔަފާރީގެދަށުން ދެންނެވިފައިވާ މަސައްކަތް ކުރުމުގެ ހުއްދަލިބިފައިވާ ފަރާތަކަށް ވާއްޖެހެއެވެ.
  4. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 22 ފެބްރުއަރީ 2022ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 02 މާރިޗް 2022ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 03 މާރިޗް 2022ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިން ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  7. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

21 ފެބުރުވަރީ 2022