ދިވެހިރާއްޖެ
|
އިޢުލާން
ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މި ކައުންސިލްގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު، 2022 ވަނަ އަހަރުގެ ބަޖެޓު އަދި މަސައްކަތު ތާވަލުގައި ހިމެނޭ މުހިއްމު ކަންތައްތައް ރައްޔިތުންނާއި ޙިއްޞާ ކުރުމަށް ބާއްވާ ބައްދަލުވުން 25 ފެބްރުވަރީ 2022 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި ތިނަދޫ އިސްލާމީ މަރުކަޒުގެ ހޯލުގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމަށް ވަޑައިގަތުމަށް، ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.