ދެންނެވުން
ނަންބަރު: (IUL)415/415/2022/29
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 25 ފެބުރުވަރީ 2022 20:30
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާއި ޙިއްޞާ ކުރުމާއި، 2022 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލު ރައްޔިތުންނަށް ޙިއްޞާ ކުރުން.

2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާއި ޙިއްޞާ ކުރުމާއި، 2022 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލު ރައްޔިތުންނަށް ޙިއްޞާ ކުރުން.

 

އިޢުލާން

ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ   މާއްދާގައިވާ ގޮތުގެ  މަތިން،  މި ކައުންސިލްގެ 2021 ވަނަ  އަހަރުގެ އަހަރީ ރިޕޯޓު،  2022 ވަނަ އަހަރުގެ ބަޖެޓު އަދި މަސައްކަތު ތާވަލުގައި ހިމެނޭ މުހިއްމު ކަންތައްތައް ރައްޔިތުންނާއި ޙިއްޞާ ކުރުމަށް ބާއްވާ ބައްދަލުވުން 25 ފެބްރުވަރީ 2022 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި ތިނަދޫ އިސްލާމީ މަރުކަޒުގެ ހޯލުގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ.

ވީމާ، މިބައްދަލުވުމަށް ވަޑައިގަތުމަށް، ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

17 ފެބުރުވަރީ 2022